މުޙައްމަދު ސިމާދު
18 މާރޗް 2019
މަޤްބޫލު ޙަބަރު

މީރު ރަހައަކާއި ވަހެއް ހުންނަ ފޮނިތޮށްޓަކީ ވަރަށް ގިނަ ކަންކަމަށް ބޭނުންކޮށް އުޅޭ އެއްޗެކެވެ. އެގޮތުން ބައެއް ބަލިތަކަށް ފަރުވާ ކުރުމަށާއި ބައެއް ކާތަކެތީގެ ރަހަ މީރު ކުރުމަށް ވެސް ފޮނި ތޮށި ބޭނުންކޮށް ހަދައެވެ. ހަމައެއާއެކު ބަރުދަން ލުއި ކުރުމަށް ވެސް ފޮނޮތޮށި ބޭނުންކުރެއެވެ.

ފޮނިތޮށީގެ ސަޔަކީ ބަރުދަން ލުއި ކުރުމަށް ގިނަ ހިސާބުތަކެއްގައި ބޭނުން ކުރަމުން އަންނަ މީރު ބުއިމެކެވެ. އެގޮތުން ހެނދުނު ހޭލާގޮތަށް ހުސް ބަނޑާހުރެ ފޮނިތޮށި ސައި ބޯ މީހުން ފަހަކަށް އައިސް ރައްޖޭގައި ވެސް ވަރަށް ވެސް ގިނައެވެ.

ފޮނިތޮށީ ސައި ތައްޔާރު ކުރާނީ ކިހިނެއް؟

އެންމެ ފުރަތަމަ އެއް ޖޯޑު ފެން ތެއްޔަކަށް ނުވަތަ ކުރަޔަކަށް އެޅުމަށް ފަހު ކައްކަން އުދާށެވެ. ފެން ކެކެން ފެށުމުން އޭގެ ތެރެއަށް ސައި ސަމްސަލެއްގެ ދެބައި ކުޅަ އެއްބައި ފޮނިތޮށި ޕައުޑަރު އަޅައި އެއްކޮށްލާށެވެ. އަދި އުނދުން މަތިން ތެލި ބޭލުމަށްފަހު ކުޑަކޮށް ހިހޫ ވަންދެން ބަހައްޓާށެވެ.

ބޮވޭ ވަރަށް ސައި ހިހޫ ވުމުން އޭގެ ތެރެއަށް މާމުއި ކޮޅެއް އަޅައި އެއްކޮށްލާށެވެ. މާމުއި އަޅާއިރު ތިމާއަށް ފޮނި ހެޔޮވަރު ވާ ވަރަށް ނުވަތަ ރަހަ ހެޔޮވަރު ވާ ވަރަށް މާމުއި އަޅާށެވެ.

މީގެ ސައިތަށްޓެއް ކޮންމެ ދުވަހަކުވެސް ހެނދުނު ހުސް ބަނޑާ ހުރެ ބޯން އާދަ ކުރާށެވެ.

haftha.mv 2004 ©