މުޙައްމަދު ސިމާދު
18 މާރޗް 2019
މަޤްބޫލު ޙަބަރު

ގުޅުމެއް ބިނާވެ އޮންނާނީ އިތުބާރާއި ލޯބީގެ މައްޗަށެވެ. މި ދެ ކަންތައް ނެތް ގުޅުމަކީ އެއްވެސް އޮށްޓަރު ހުރި މާނަ ހުރި ގުޅުމެކޭ ނުބުނެ ވޭނެއެވެ.

ދެމަފިރިއެއް ނުވަތަ ދެ ލޯބިވެރިއެއްގެ ދެމެދުގައި އޮންނަ ގުޅުން އާއްމުކޮށް ހީނަރު ވެގެން ދަނީ ކޮންމެ ވެސް އެއް ބައިވެރެއްގެ އުޅުމަށް އަންނަ ބަދަލު ތަކެއްގެ ސަބަބުންނެވެ. އަދި އެ ބަދަލުތަކަކީ ފަހަރުގައި އޭނާގެ ހަޔާތަށް އާ ބައިވެރިއަކު އައުމުން ނުވަތަ އޭނާ އެހެން ބަޔަކާ ނާޖާއިޒު ގުޅުންތަކެއް ބޭއްވުމުން އަންނަ ބަދަލުތަކަކަށް ވެސް ވެދާނެއެވެ.

ބައިވެރިޔާ އެހެން މީހަކާ ”އެފެއާ“ އެއް އޮންނަކަން ނުވަތަ ބައިވެރިޔާ ބޭވަފާތެރި ވާކަން ހާމަކޮށްދޭ އެންމެ އާއްމު އެއް ސިފައަކީ ބައިވެރިޔާ އާއި ”ފޯނާ“ އޮންނަ ގުޅުން މާ ބޮޑަށް ބަދަހި ވުމެވެ.

މި ބުނާ ވާހަކައަކީ، މީގެ ކުރިން މާ ފޯނާ ވެގެން ނޫޅޭ މީހަކު މާ ބޮޑަށް ފޯނާ ވެގެން އުޅޭ ވާހަކައެވެ. އަދި ފޯނު ފޮރުވައިގެން ގެންގުޅުމާއި ފޯނުގެ ލޮކް ކޯޑު ސިއްރުކޮށްގެން އުޅުމަކީ ވެސް ބައިވެރިޔާ ކޮންމެވެސް ސިއްރު ކަންތައްތަކެއް ކުރާކަން ހާމަކޮށްދޭ ކަމެކެވެ.

ހަމައެއާއެކު، ބައިވެރިޔާ ގޭގައި އުޅޭ ވަގުތު މަދުވެ، މާ ގިނަ ވަގުތު ބޭރުގައި ހޭދަ ކުރުމަކީ ވެސް އޭނާގެ ދިރިއުޅުމަށް އިތުރު އެހެން މީހަކު އައިސްފައިވާ ކަމުގެ ފެހި ސިގްނަލަކަށް ވެދާނެ އެވެ. އެފަދަ ކަމެއް ހިނގާނަމަ، މާ ދަން ވަންދެން ބޭރުގައި އުޅުމާއި ގެއަށް އަންނަ އިރު ބަނޑުހައި ވެފައި ނުހުރުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

އަދި ކުދިކުދި ކަންތައްތަކާއި ރުޅި ގަދަވެ ޒުވާބު ކުރުމާއި، ބޭރަށް ދާއިރު މާ ބޮޑަށް ރީތި ވެގެން ނުވަތަ މާ ގަދައަށް މޭކްއަޕް ކޮށްގެން ދިއުމާއި ނިދީގައި އެހެން މީހެއްގެ ނަން ކިޔުމަކީ ވެސް އޭނާ އެހެން މީހަކާ ގުޅުމެއް އޮންނަ ކަން އަންގައިދޭ ނިޝާނަކަށް ވެދާނެއެވެ.

ހަމައެހެންމެ، ދުވަސްކޮޅެއް ވަންދެން ތަފާތު މިޒާޖެއް (މަތީގައި ބަޔާން ކުރެވުނު ފަދަ)ގައި އުޅުމަށް ފަހު ބައިވެރިޔާ ކުއްލިއަކަށް މާ ބޮޑަށް ރަނގަޅު ވުމަކީ ވެސް އޭނާ އަށް އެފަދަ ކުށެއް ކުރެވި އެކަމަށް ”ގިލްޓީ“ ފީލް ވެފައިވާ ކަމުގެ ނިޝާނެކެވެ.

އެގޮތުން އެއްވެސް ސަބަބަކާ ނުލައި ހަދިޔާ ދިނުމާއި، ކުއްލިއަކަށް އޭނާގެ ފޯނުގެ ލޮކް ކޯޑު ބުނެދިނުން ފަދަ ކަންކަމަކީ ވެސް އޭނާ އަށް އެފަދަ ކަންތައްތަކެއް ކުރެވި ގިލްޓީ ފީލް ވެފައިވާ ކަމުގެ ހެއްކެކެވެ.

haftha.mv 2004 ©