މުޙައްމަދު ސިމާދު
18 މާރޗް 2019
މަޤްބޫލު ޙަބަރު

ބޭސިލް އަކީ، ޒަމާނުއްސުރެ ކާތަކެތީގެ ރަހަ ހެޔޮވަރު ކުރުމަށް ބޭނުން ކުރަމުން އަންނަ ފަތުގެ ބާވަތެކެވެ. އެގޮތުން ދުނިޔޭގެ އެކި ކަންކޮޅުތަކިގައި މި ފަތް އާއްމުކޮށް ކޮންމެ ދުވަހަކު ވެސް ބޭނުން ކުރަމުން އާދެއެވެ.

ކާތަކެތީގެ ރަހަ ހެޔޮވަރުކޮށްދިނުމާއެކު ބޭސިލް އަކީ ހަށިގަނޑަށް ވެސް ވަރަށް ފައިދާ ހުރި ފަތެކެވެ. އެގޮތުން އެންޓިއޮކްސިޑެންޓުން މުއްސަނދިވެފައިވާ އެ ފަތުގައި ރިއެންޓިން އަދި ވިސެނިނޭރް ނަމަކަށް ކިޔާ ދެ ވޯޓާ ސޮލިއުބަލް ފްލެވޮނޮއިޑު އެކުލެވެއެވެ. އެ ދެ ފުލެވޮނޮއިޑަކީ ހަށިގަނޑުގައި ހުންނަ ވައިޓްބުލަޑު ސެލްތައް ރައްކާތެރިކޮށްދޭ ފުލެވޮނޮއިޑެކެވެ.

ދިރާސާތަކުން ދައްކާގޮތުގައި ބޭސިލްގައި ފައިޓޯކެމިކަލްތަކެއް އެކުލެވިގެންވެއެވެ. އޭގެ ސަބަބުން ކެންސަރު ޖެހުމުން ރައްކާތެރިކޮށްދިނުމަށް ވެސް ބޭސިލް އެހީތެރިވެދެއެވެ.

ހަމައެއާއެކު ބޭސިލްގައި އެކުލެވޭ އެންޓިބެކްޓީރިއަލް ޕްރޮޕަޓީސްތަކުގެ ސަބަބުން ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަވެ، ހަށިގަނޑުގައި ހުންނަ ބެކްޓީރިއަލް އިންފެކްޝަންތަކާ ހަނގުރާމަ ކުރުމުގެ ކުޅަދާނަކަން ވެސް އެ ފަތަށް ލިބިގެން ވެއެވެ.

haftha.mv 2004 ©