އައިޝަތު ޝީރީން
19 މާރޗް 2019
މަޤްބޫލު ޙަބަރު

ހަށިގަނޑުގެ ބަރުދަން ލުއިކުރުމަށް އެކި މީހުން މަސައްކަތް ކުރަނީ އެކި ގޮތަށެވެ. ދުވެ ކަސްރަތު ކުރުމާއި އެކި ބާވަތް ތަކުގެ މޭވާ އާއި ތަރުކާރީ ބޭނުންކޮށްގެން ”ޑައިޓް“ގައި އުޅޭ މީހުން ދިވެހިންގެ ތެރޭގައި ވެސް މަދެއް ނޫނެވެ.

މިގޮތުން ރާއްޖެއިން ވެސް ލިބެން ހުންނަ ޗިއާ ސީޑް އަކީ ހަށިގަނޑުގެ ބަރުދަން ލުއި ކުރުމަށް ގިނަ ބަޔަކު ބޭނުން ކުރާ އެއްޗެކެވެ. އޯވަލްގެ ބައްޓަމަށް މުށި ކުލައިގައި ހުންނަ ޗިއާ ސީޑްސް އަކީ އޭގައި ގުނަ ފައިދާތަކެއް އެކުލެވިގެންވާ ކެއުމަށް ރަނގަޅު އޮށެކެވެ.

އެގޮތުން ކޮންމެ ދުވަހަކު ޗިއާ ސީޑް ކާނަމަ ހަށިގަނޑަށް 18 ޕަސެންޓް ކެލްސިއަމް 27 ޕަސެންޓް ފޮސް ފޯރަސް، 30 ޕަސެންޓް މެންގަނީޒް އަދި ޕޮޓޭސިއަމް އާއި ކޮޕާ ލިއްބައިދެއެވެ. ހާއްސަކޮށް އެ ކެއުމުން ހަށިގަނޑުގެ ބަރުދަން ލުއިވަނީ އޭގައި ގިނަ އަދަދަކަށް ފައިބަރ ހިމެނޭތީ ކަމަށް ފަހުގެ ދިރާސާތަކުން ދައްކައެވެ.

ޗިއާ ސީޑް ބޭނުން ކުރާނެ ގޮތް:

އެންމެ ފުރަތަމަ 1 ސައި ސަމްސާ ޗިއާ ސީޑް ކޮޅެއް ކުޑަ ފެންކޮޅަކަށް އެޅުމަށްފަހު 1 ގަޑިއިރު ވަންދެން ބަހައްޓާލާށެވެ. އަދި ރޭގަނޑު ނިދުމުގެ ކުރިންނާއި ހެނދުނު ހޭލުމަށްފަހު ހުސްބަނޑާ ހުރެ ޗިއާ ސީޑް އަޅާފައިހުރި ފެންފޮދު ބޯލާށެވެ.

ހަށިގަނޑުގެ ބަރުދަން ލުއި ކުރުމަށް ދިވެހިން ތަފާތު އެތަކެއް ބާވަތްތަކެއް ބޭނުން ކުރާއިރު ޗިއާ ސީޑް އަކީ ހަށިގަނޑުގެ ބަރުދަން ލުއި ކުރުމަށް ކޮންމެ މީހަކަށް ވެސް އެކަށީގެންވާނެ އެއް ބާވަތެވެ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

haftha.mv 2004 ©