.
23 March 2019
މަޤްބޫލު ޙަބަރު

ކޮންމެކުއްޖަކީ ތަފާތު މިޒާޖެއްގެ ކުއްޖެކެވެ. އެހެންކަމުން ކޮންމެކުއްޖަކުވެސް ބަލަހައްޓާ ބޮޑުކުރަންވާނީ ތަފާތު ގޮތަކަށެވެ. މަޖާ ކުދިންދެކެ ގަޔާވުމަކީ ތަބީއީ ކަމެކެވެ. ބައެއްކުދިން މަޖާވާނެއެވެ. އަނެއްބައި ކުދިންނަކީ ރުޅިގަދަ “ހަލަނި” ކުދިންނެވެ. އަދި ބައެކުދިން ލަދުވެތި ކުދިންނަށް ވީފަދައިން އަނެއްބައި ކުދިންނަކީ ގިނައިން ރޮއެ، ބޮޑާހާކާ ކުދިންނެވެ.

ދަރިފުޅުގެ މިޒާޖު އެންމެ ތުއްތު އިރުއްސުރެވެސް ދެނެގަންނަންޖެހެއެވެ. ދަރިފުޅުގެ މިޒާޖު ދެނެގަންނަން ޖެހެނީ ދަރިފުޅު ތަރުބިއްޔަތު ކުރުމަށާއި ރަނގަޅު އަޙްލާގެއް ދިނުމަށްޓަކައެވެ. އަދި ދަރިފުޅާއި މައިންބަފައިންގެ ގުޅުން ރަނގަޅު ކުރުމަށްޓަކައެވެ. އެއީ ދެމެހެއްޓުން ވަރަށް މުހިންމު ގުޅުމެކެވެ.

މައިންބަފައިންނަށް ދަރިފުޅުގެ މިޒާޖު ބަދަލެއް ނުކުރެވޭނެއެވެ. އަދި އެންމެފުރަތަމަ ދަރިފުޅުގެ މިޒާޖަކީ ކޮބާކަމެއް ނޭންގޭނެއެވެ. އެހެންކަމުން ފުރަތަމަ މަޑުމަޑުން ދަރިފުޅުގެ މިޒާޖު ދެނެގަތުމަށްޓަކައި، މައިންބަފައިން އެކަމަށް ހޭނެން ޖެހެއެވެ. ބެލެނިވެރިން ދެކޭ “އެންމެ ބަސްއަހާ ކުއްޖާ” އަށް ދަރިފުޅު ހަދަން އުޅެގެން އެންމެފަހުން ބެލެނިވެރިޔާ ރުޅިގަދަވާގޮތް ވެއެވެ. އެހެންކަމުން އެންމެ ރަނގަޅު ގޮތަކީ، ދަރިފުޅުގެ ހަރަކާތްތައް ރަނގަޅަށް ބަލާ ދިރާސާކޮށް ދެނެގަތުމަށްފަހު އެހަރަކާތަށް ކުރާގޮތް ނުވަތަ އަމަލު ކުރާގޮތް ބަދަލު ކޮއްލުމެވެ.

ބައެއްފަހަރު ކުއްޖާގެ މިޒާޖުގެ ސަބަބުން ގެންނަ ހަރަކާތްތައް ވަރަށް ރުހެވޭ ގޮތަކަށް ފެނިދާނެއެވެ. އަދި އަނެއްބައިފަހަރު އެކުއްޖާގެ ހަރަކާތަކީ ބެލެނިވެރިޔާއަށްކުރިމަތިވާ ގޮންޖެހުމަކަށް ވެދާނެއެވެ. ކުއްޖާގެ ޝަހުސިއްޔަތުގެ ނާޒުކުކަން ދެނެގެން މެނުވީ ބެލެނިވެރިޔާއަށް އެންމެ އަހުލުވެރި ފިޔަވަޅެއް ނޭޅޭނެއެވެ. ގިނަބެލެނިވެރިނަށް މިކަން ދެނެގަނެވެނީ ކުއްޖާގެ ހަރަކާތައް ބެލެނިވެރިޔާ އަމަލުކުރާގޮތް ނުގުޅި މައްސަލަތައް ދިމާވާން ފެށުމުންނެވެ. މި މައްސަލަތައް ހައްލުނުވެ ތަކުރާރުވަމުންދާނަމަ އިތުރުފަރާތެއްގެ އެހީ ހޯދިދާނެއެވެ.

ހަނދުމަފުޅު ބަހައްޓަވާށެވެ. ދަރިފުޅުގެ މިޒާޖު ތަފާތުވީތީ ދަރިފުޅަށް އަދަބުނުދޭށެވެ. ކުއްޖާއަކީ ލަދުވެތި ކުއްޖެއްކަމުގައިވާނަމަ، ނުދަންނަ މީހުންނާ ރައްޓެއްސެއްނުވާނެއެވެ. އެހެނަސް އެކަމާ ނުރުހުންތެރިކަން ފާޅުނުކުރާށެވެ. އަޑުގަދަ ހަލަނި ކުއްޖެއްނަމަ، ރުޅި ގަދަވާ ވަގުތު އަޑުގަދަކޮށް ހެދިޔަސް ރުޅިގަދަކޮށް އަޑުގަދަކޮށް އެއްޗެއްނުބުނުން މުހިންމެވެ. ހަމަ އެކުއްޖާ އުފާވެފައިވާ ވަގުތުވެސް ހަމަ އެގޮތަށް އަޑުގަދަކުރާނެއެވެ.

ދަރިފުޅާއި ބެލެނިވެރިޔާ އާއި ދެމެދު އޮމާންކޮށް ކަންތައްތައްދާވަގުތައް ފާހަގަކުރާށެވެ. އެވަގުތުތަކުގައި ދަރިފުޅު ބޮޑާހާކާތީ އުޅޭކަށް ނުޖެހެއެވެ. އަދި ބެލެނިވެރިޔާ ރުޅިގަދަވެ ދަރިފުޅާއި ދެމެދު އޮންނަ ގުޅުން ގޯސްވާކަށްވެސް ނުޖެހެއެވެ. އެއީ ދަރިފުޅުގެ ހަރަކާތައް ބެލެނިވެރިޔާއަށް އެންމެ ރަނގަޅަށް އަމަލުކުރެވޭވަގުތެވެ. ދެމީހުން އެކަކު އަނެކަކާއި މެދު އެންމެ ހިތްހަމަ ޖެހިފައިވާ ވަގުތެވެ.  އެހެންކަމުން އެއީ ދަރިފުޅުބޭނުންވާގޮތް ދެނެގަންނަން އެންމެ ރަނގަޅު ވަގުތެވެ.

ދަރިފުޅުގެ މިޒާޖު ދެނެގަނެ، އެމިޒާޖު ގަބޫލުކުރާށެވެ. އަވަށްޓެރިޔާގެގެ ދަރިފުޅާއި އަޅާބަލާއިރު ތިމާގެދަރިފުޅު ގެންގުޅެން އުނދަގުލީ، އެދަރިފުޅަކީ މުރާލި ކުއްޖެއް ކަމަށްވީމައި ކަމަށް ވެދާނެނޫންހެއްޔެވެ! އެހެންކަމުން އެދަރިފުޅު ތަރުބިއްޔަތު ކުރުމަށް މުރާލިވާން ޖެހެއެވެ.

Leave a Reply

Your email address will not be published.

haftha.mv ©