މުޙައްމަދު އީމާން
26 March 2019
މަޤްބޫލު ޙަބަރު

ތިމާ އުޅޭ ދިރިއުޅުމުގައި ކަސްރަތު ކުރަންވީ އެތައް ބައިވަރު ސަބަބުތަކެއް އެބަހުއްޓެވެ. ހާއްސަކޮށް މާބަނޑު ދުވަސްވަރު ކަސްރަތު ކުރުން ވަކިން މުހިންމެވެ. ބަނޑުބޮޑުވުމުގެ ކުރިން ކަސްރަތު ނުކުރި ނަމަވެސް، އެކަން ކަށަވަރުވާ ހިސާބުން ސިއްހަތު ރަނގަޅު މާބަނޑު ދުވަސްވަރަކަށާއި ވިހެއުމުގައި ދިމާވާ އުދަނގޫތަކަށް ލުއި ކަމެއް ހޯދުމަށް ފިޓްނަސް ޕްރޮގްރާމެއް ފެށުން ރަނގަޅެވެ.

ދެން އުފެދޭ ސުވާލަކީ މާބަނޑު ދުވަސްވަރު މާވަރަކަށް ކަސްރަތު ކުރަން ބުނަނީ ކީއްވެތޯއެވެ. މިއީ އޭގެ ފަސް ސަބަބެވެ.

މާބަނޑު ދުވަސްވަރު އަރާ ތަދުތަކާއި ރިއްސުންތައް މަދުވޭ

މާބަނޑު ދުވަސްވަރު ހަށިގަނޑަށް އަންނަ ބަދަލުތަކާއި އަދި ހަށިގަނޑުގެ މަސްތައް ބާރުވުމުގެ ސަބަބުން ގިނަ އުދަނގޫތަކެއް ކުރިމަތިވާނެއެވެ. ނަމަވެސް އެ ތަދުތަކަށް ލުއިކަމެއް ގެނައުމަށް ނުވަތަ އެއްކޮށް ފަސޭހަ ކޮށްލުމަށް ކަމާ ގުޅުންހުރި ކަސްރަތުތައް އެހީވެދެއެވެ.

ސިޒޭރިއަން އަކަށް ދިއުމުގެ ފުރުސަތު ކުޑަކޮށްދޭ

މާބަނޑު ދުވަސްވަރު ގިނަ ބަޔަކު އެންމެ ބިރު ގަންނަ އެއް ކަމަކީ ސިޒޭރިއަން ސެކްޝަން ނުވަތަ ސީ ސެކްޝަނަކަށް ދިއުމެވެ. ސްޕެއިންގައި ހެދި ދިރާސާއަކުން ދައްކާގޮތުގައި، މާބަނޑު ދުވަސްވަރު މަދުވެގެން ހަފްތާއަކު ތިން ދުވަހު ކަސްރަތު ކުރާނަމަ ސީ ސެކްޝަން އަކަށް ދިއުމުގެ ފުރުސަތު ކުޑަކޮށްދެއެވެ.

މާބަނޑު ދުވަސްވަރު ހަށިގަނޑު ފަލަވުން ކުޑަކޮށްދޭ

މާބަނޑު ދުވަސްވަރު ކަސްރަތު ނުކުރާ މީހަކަށްވުރެ ކަސްރަތު ކުރާ މީހެއްގެ ބަރުދަން ލުއިކޮށްދޭނެއެވެ. އެއީ އެންމެންނަށް ވެސް އެނގޭ ކަމަކެވެ. ނަމަވެސް އޭގެ މާނައަކީ ދަރިފުޅުގެ ވިހެއުމުން ވެސް އުފުލަންޖެހޭ ބުރަތައް މަދުވުމެވެ.

ވިހެއުމަށްފަހު އަަވަހަށް ފަސޭހަކޮށްދޭ

މާބަނޑު ދުވަސްވަރު ކަސްރަތު ކުރުމުގެ ސަބަބުން މަސްގަނޑުތަކުގެ ބާރު ދޫވެ، ފަހުން ބަރުދަން ލުއިކުރަންޖެހޭ ކުރުން މަދުވެއެވެ. އަދި މާބަނޑު ދުވަސްވަރަށް ހާއްސަ ކަސްރަތުތަކެއް ގަވާއިދުން ކުރާނަމަ ވިހެއުމަށްފަހު އާންމު މިންވަރަށްވުރެ އަވަހަށް ފަސޭހަވުމަށް މަގުފަހިވެއެވެ.

Leave a Reply

haftha.mv ©