ނަސްވާ ހަސަން
07 April 2019
މަޤްބޫލު ޙަބަރު

ހޫނު މޫސުމުގަ ކެއުމަށް ބަލަންޖެހޭ ފަދައިން ހަންގަނޑަށް ސަމާލުކަން ދިނުމަކީ ވެސް ވަރަށް މުހިއްމު ކަމެކެވެ. ހާއްސަކޮށް ތުއްތު ދަރިފުޅުގެ ނާޒުކު ހަނގަނޑަށް އަމިއްލަ ހަންގަނޑަށްވުރެ އިތުރަށް އަޅާލަން ޖެހޭނެއެވެ.

ގިނަ ވަގުތު އަވީގަ ހޭދަނުކުރި ނަމަވެސް ހޫނު މޫސުމުގަ އެކުދިންގެ ހަށިގަނޑުން ދާ ހިލުން އިތުރުވެ އެކި ކަހަލަ ބިހި ނެގުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންކަމުން ހަންގަނޑު ތާޒާ ކަންމަތީ ބެހެއްޓުމަށް ފެންވަރުވާށެވެ. އަދި ފެންވަރުވާއިރު ހޫނޫ ފެން ބޭނުން ނުކޮށް ތާފަނާފެން ބޭނުންކުރާށެވެ.

އަދި ފެންވެރުވުމަށްފަހު ކެލަމިން ލޯޝަން ފަދަ ގުތުރަތީ އެއްޗެހިން ތައްޔާރުކޮށްފަ ހުންނަ ލޯޝަނެއް ބޭނުންކުރާށެވެ. ލޯޝަން އުނގުޅުމުގެ ސަބަބުން ހަންގަނޑު ކުރަކިވެ، ހިރުވާ ބިހި ނެގުމުން ދުރުކޮށްދެއެވެ.

އޭގެ އިތުރުން ނެޕީ ޖެހުމުގެ ސަބަބުން ކުޑަކުދިންގެ ފައިވަޅު ކެނޑުން، ހޫނު މޫސުމުގަ ވަރަށް އާންމެވެ. އެއީ ދާހިލުން އިތުރުވެ ހަންގަނޑުގެ ތެއްކަން ކުޑަވެ ދިމާވާ ކަމެކެވެ. އެހެންކަމުން ގިނަ ގިނައިން ނެޕީ ބަދަލުކުރުމުގެ އިތުރުން ނެޕީ ޖެހުމުގެ ކުރީގަ ނެޕީ ކުރީމު ފަދަ ތަކެތި ހާކާށެވެ. އެގޮތުން ހޫނު މޫސުމުގައި ފެން ބުއިން  އިތުރުކޮށް ހަންގަނޑަށް ސަމާލުކަން ދޭށެވެ.

Leave a Reply

Your email address will not be published.

haftha.mv ©