ނަސްވާ ހަސަން
08 April 2019
މަޤްބޫލު ޙަބަރު

ބޮލުން އިސްތަށި ފޭބުމަކީ މީހާގެ ޒުވާން އުމުރުގައި މުސްކުޅިކޮށްލާ ކަމެވެ. ޒުވާން އުމުރުގައި ބޮލުން އިސްތަށި ފާބައި ތަލަވުމަކީ ބައެއް މީހުންނަށް ލަދުވެތި ކަމަކެވެ. ހާއްސަކޮށް ފިރިހެނުންނެވެ. އެގޮތުން އިސްތަށި ފޭބުން މަދުކުރުމަށް ދިރިއުޅުމުގެ ބައެއް އާދަތައް ބަދަލުކޮށް، އިސްތަށިގަނޑަށް ފަރުވާ ކުރުމަކީ މުހިންމު ކަމެކެވެ.

ސިގިރޭޓަކީ އޭގައި އެކުލެވޭ މާއްދާތަކުގެ ސަބަބުން ހަށިގަނޑަށް އެކި ގެއްލުންތައް ކުރުވާ އެއްޗެކެވެ. އެގޮތުން ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން ހަށިގަނޑުގައި ލޭ ދައުރުވުން މަދުކޮށްދެއެވެ. އޭގެ ނަތީޖާއަކަށް ބޮލުން އިސްތަށިފޭބުން އިތުރުކޮށްދީ އަވަހަށް ބޯ ތަލަވާން ފެށުމެވެ. ޒުވާންއުމުރުގައި ސިގިރޭޓް ބޯނަމަ ވަރަށް އަވަހަށް އޭގެ ނަތީޖާ ފެނިގެންދެއެވެ.

އިސްތަށި ފޭބަށް ދިމާވާ އިތުރު ކަންތައްތަކެއް ވެސް ވެއެވެ.

އެގޮތުން އިސްތަށިގަނޑު ދާވެ ނުބައި ވަސް ދުވުމުގެ ކުރިން އިސްތަށިގަނޑު ދޮންނާށެވެ. އިސްތަށިގަނޑު ދާ ވުމަކީ އިސްތަށި ފައިބަން ފަށާނެ ކަމެކެވެ. ނިދުމުގެ ކުރިން ބޮލުގައި ކާށިތެޔޮ އުނގުޅުމަށްފަހު ހެނދުނު ބޯ ދޮވުމުން އެދެވޭ ނަތީޖާއެއް ވަރަށް އަވަހަށް ފެނިގެންދާނެއެވެ.

އޭގެ އިތުރުން މިއީ އިސްތަށި ފޭބުން މަދުކުރުމަށް ގޭގައި ދެވިދާނެ ފަރުވާއެކެވެ. ދެ ޕެކެޓް ގްރީންޓީ ހޫނު ފެން ތައްޓަކަށްލުމަށްފަހު ފެން ތަށި ހިހޫ ވަންދެން ބަހައްޓާށެވެ. އަދި އެ ފެންފޮދު ބޮލަށް އަޅާ ރީތިކޮށް މަސާޖުކޮށްލުމަށްފަހު ބައިގަޑިއިރު ފަހުން ދޮވެލާށެވެ. ހަފްތާއަކު ދެ ފަހަރު މި ފަރުވާ ދިނުމުން ތަފާތު ފާހަގަވާނެއެވެ.

Leave a Reply

Your email address will not be published.

haftha.mv ©