ނަސްވާ ހަސަން
10 April 2019
މަޤްބޫލު ޙަބަރު

ބަލިވެއިންނަ ކޮންމެ އަންހެނެއްގެ ވާހަކަ ވެސް ބަލިވެއިންނަ އަނެއް އަންހެނާގެ ވާހަކައާ ތަފާތެވެ. ވިހެއުމުގައި ތަޖުރިބާކުރަން ޖެހޭ ކަންކަމާއި އަޅާ ވޭނާއި ރަނގަޅުވުމަށް ހޭދަކުރަން ޖެހޭ މުއްދަތު ވެސް ބައެއް ހާލަތްތަކުގައި ތަފާތުވެ އެވެ.

ހަމަ މިގޮތަށް ބަލިވެއިންނައިރު ހަށިގަނޑުގެ ބަރުދަނަކީ ވެސް އެކި މީހުންގެ މެދުގައި ތަފާތުވެފައި އޮންނަ ކަމެކެވެ. ބައެއް މީހުން ވަރަށް ބަރުވެ އެވެ. އަދި އެއްގޮތަކަށް ވެސް ޕްރެގްނެންސީގެ އަސަރުކޮށް ފަލަނުވާ މީހުން ވެސް އުޅެ އެވެ.

އެހެންވީމަ ސުވާލަކީ ވިއެއުމަށްފަހު ކަސްރަތުކުރަން ފަށަންވީ ކޮންއިރަކުންތޯ އެވެ؟ ޖަވާބަކީ އެކި މީހުންނަށް ތަފާތު ޖަވާބެކެވެ.

މާބަނޑު ދުވަސްވަރު ގަވައިދުން ކަސްރަތުކޮށް ވިއެމުގެ މަރުހަލާ ރަނގަޅަށް ދިޔަ އަންހެނެއް ނަމަ، ވިހައި ގަދަވުމުން ކަސްރަތުކުރަން ފަށަންވީ އެވެ. އަދި ފަށާނީ ލުއި ކަސްރަތު ތަކަކުންނެވެ. އަދި އެހާ އަވަހަށް ބަރު އުފުލުން އަދި ބަނޑުގެ ކަސްރަތުތައް ނުފަށާ ލުއި ކަސްރަތުކުރާށެވެ. އޭގެ ތެރޭގައި ފެތުން ނުވަތަ ހިނގުން ހިމެއެވެ.

މާބަނޑު ދުވަސްވަރު ގަވައިދުން ކަސްރަތު ކުރާމީހެއް ނަމަވެސް ސިޒޭރިއަންއެއް ހެދިނަމަ އެހާ އަވަހަށް ކަސްރަތު ކުރަން ފެށުމަކީ ފަހުން ލިބޭ ގެއްލުން ބޮޑުވާ ކަމެކެވެ. އެގޮތުން ސިޒޭރިއަނެއް ހެދުމަށްފަހު ރަނގަޅުވުމަށް މަދުވެގެން 6 ހަފްތާ ބޭނުންވެއެވެ. އަދި މަދުވެގެން ދެ މަސްދުވަހު ބަރުތަކެތި އުފުލާ ބުރަކޮށް މަސައްކަތް ނުކޮށް އަރާމު ކުރަން ޖެހެއެވެ. އެއަށްފަހު ތަދުމަޑުވެ ފަސޭހަ ވުމުން ކަސްރަތުކުރަން ފަށަންވީ އެވެ. އެގޮތުން ފުރަތަމަ ދެ ހަފްތާ ވަރަށް ލުއި ކަސްރަތު ކުރާށެވެ. ބަނޑުގެ ކަސްރަތުތަކާއި ބަރުއުފުލައިން ބޭނުންކުރާ ކަސްރަތުތައް އެއް ގޮތަކަށްވެސް .ނުކުރާށެވެ. އެކަމަކު ފެތުނ،ް ހިނގުން ނުވަތަ ބައިސްކަލު ދުއްވުންފަދަ ކަސްރަތެއް ރަނގަޅެވެ

ވިހެއުމުގެ އިހުސާސް ނުކުރާ މީހަކަށް އެހެންމީހުންގެ އިހުސާސް ދެނެގަތުން އުނދަގޫ ވާނެއެވެ. އަދި ވިހެއުމަށްފަހު ފަލަކަމަށް މީހުން ބުނި ކަމުގައި ވިޔަސް ހިތްވަރު ދެރަނުކުރާށެވެ. ވަގުތު ޖެހުމުން އެކަމުގެ ނަތީޖާ ދައްކާލާށެވެ.

Leave a Reply

Your email address will not be published.

haftha.mv ©