ނަސްވާ ހަސަން
11 April 2019
މަޤްބޫލު ޙަބަރު

އަންހެނުންނަށް ކޮންމެ މަހަކު އަންނަ މައްސަރު ދުވަސްތައް ނުވަތަ ޕީރިއަޑްސް އަކީ ގައިން ބޭކާރު ލޭތައް މަދުކޮށްލާ ކަމެކެވެ. އަދި އެކި މީހުންނަށް އެ ދުވަސްތަކުގައިވާ އުނދަގުލާއި މުށްދައް ތަފާތުވެއެވެ. އެ ދުވަސްތައް އިތުރުވެއްޖެނަމަ ގައިން ލޭ މަދުވުމަކީ ގިނަ އަންހެނުންނަށް ކުރިމަތިވާ ކަމެކެވެ.

މައްސަރުގެ ދުވަސްތައް 15 ދުވަހަށް ނުވަތަ މަސްދުވަހަށް ދެމިގެންދާ ނަމަ ލަސްނުކޮށް ޑޮކްޓަރުގެ ލަފާ ހޯދާށެވެ. އެއީ ފަރުވާ ނުކުރެވިއްޖެ ނަމަ ފަހުން ބޮޑު ބައްޔެއްގެ އަލާމާތަކަށްވެސް ވެދާނެއެވެ. ނަމަވެސް އާންމުކޮށް މައްސަރުގެ ދުވަސްތައް އިތުރު ވާން މެދުވެރިވަނީ ބަރުދަން އިތުރުވުމާއެކު ސިސްޓް ހުރުމުންނެވެ.

ގައިން ލޭމަދުވާކަން އަމިއްލައަށްވެސް ދެނެގަނެވި އެކަމަށް ގޭގައިވެސް ފަރުވާ ކުރެވޭނެ އެވެ. ގައިން ލޭ މަދުވާން  ފެށުމުގެ އަލާމާތްތަކުގެ ތެރޭގައި ގިނައިން ލޭ އައުން، މޫނާއި އަތް ހުދުވުން (ޕޭލްވުން)، ބޯއެބުރުން، ވަރުބަލިވުން އަދި ހޮޑުލެވުން ހިމެނެ އެވެ. އެގޮތުން ފަރުވާ ކުރުމަށް ފެހި ތަރުކާރީ އާއި ރައިބީނާ އާއި ކަދުރު އަދި ރުކުރާ ކެއުމުގައި ހިމެނުމުން، އަވަހަށް ތަފާތު ފާހަގަކުރެވޭނެ އެވެ.

ލޭ މަދުވުގެ ސަބަބުން، އަބަދު ގަޔަށް ލޭ އަޅަށް ފުރުސަތު ނުދޭށެވެ. އެއީ އެނީމިޔާފަދަ ނުރައްކާތެރި ބަލިތަކަށް މަގުފަހިވާ ކަންކަމެވެ. އެނީމިޔާ އަކީ ތެލަސީމިޔާއެއް ނޫނެވެ. ނަމަވެސް އެއީ ލޭގައި އެކުލެވޭ މާއްދާއެއް މަދުވުމުގެ ސަބަބުން ދިމާވާ ބައްޔެކެވެ. ނަމަވެސް ރަނގަޅު ކާނާ އިތުރު ކުރުމުން އެކަމުން އަވަސް ހައްލެއް ލިބިގެންދާނެ އެވެ.

Leave a Reply

Your email address will not be published.

haftha.mv ©