ނަސްވާ ހަސަން
12 April 2019
މަޤްބޫލު ޙަބަރު

ބީޓުރޫޓަކީ ތަރުކާރީއެއް ނަމަވެސް ގިރާލައިގެން ބޯން، އެއީ އެއްވަނައިގެ މީރު ޖޫހެކެވެ. ބިމު އަނޑީގައި އުފެދޭ މި ތަރުކާރީއަކީ ލޭ މައްޗަށްދާ މީހުންނަށް ޖާދޫގެ ޖޫހެއްވެސް މެއެވެ.

އެކި ފައިދާތައް އެކުލެވޭ ބީޓްރޫޓަކީ ގިނަ އަދަދަކަށް ވިޓަމިންސް އާއި މިނަރަލްސް އަދި އެންޓިއޮކްސިޑެންޓް ހިމެނޭ ތަރުކާރީއެކެވެ.

ސިއްހީ މާހިރުން ބުނާގޮތުގައި ބީޓުރޫޓަކީ ވަރަށް އަވަހަށް ލޭގެ ޕްރެޝަރު ދަށްކޮދޭ އެއްޗެއްކެވެ. އެއީ އޭގައި އެކުލެވޭ މާއްދާއެއް ކަމަށްވާ ނައިޓްރޭޓްސްގެ ސަބަބުންނެވެ. ނަތީޖާއެއްގެ ގޮތުން ހަށިގަނޑު ނައިޓްރޯ އޮކްސްސައިޑަށް ބަދަކޮށްދީ، ހަށިގަނޑުގެ ލޭ ދައުރުވުން އަވަސްކޮށްދެއެވެ.

އޭގެ އިތުރުން ތަޖުރިބާކާރުން ބުނާގޮތުގައި 250 މިލި ލީޓާރުގެ ބީޓްރޫޓް ޖޫސް ކޮންމެ ދުވަހަކު، 4 ހަފްތާ ވަންދެން ބުއިމުން ހައިޕާ ޓެންޝަން ނުވަތަ ހާސްކަމުން ދުރުކޮށްދޭ ކަމަށެވެ. ނަމަވެސް ގަވައިދުން ބްލަޑް ޕްރެޝަރަށް ބޭސްކާނަމަ، ޑޮކްޓަރުގެ ލަފަޔާއެކު ބޭނުންކުރާށެވެ.

ބީޓުރޫޓު ޖޫސްތައްޔާރުކޮށްލުމަށް، ބީޓުރޫޓުގެ ބޭރު ވަރަށް ރީތިކޮށް ދޮވެލާށެވެ. އަދި ތޮށިމަށަން ބޭނުންނަމަ ތޮށިމަށާލައިފާ ކުދިކުދިކޮށް ކޮށާލާށެވެ. އެއަށްފަހު މިކްސްޗަރަށްއަޅާ މުގުރާލުމަށްފަހު ފުނާރާލައިގެން ބޯށެވެ.

މި ބުއިން ފިނިކޮށްގެން ވެސް ބޮވޭނެއެވެ. އޭގެ އިތުރުން ރަހަމީރުކޮށްލުމަށް މާމުއިތް، އާފަލު، އޮރެންޖް، މިންޓް ނުވަތަ ކެރެޓް ކޮޅެއް އެއްކޮށްލެވިދާނެއެވެ.

Leave a Reply

Your email address will not be published.

haftha.mv ©