Mon, 25 May, 2020, 10:24 pm
ކަދުރު: ހިތުގެ ދުޅަހެޔޮކަމަށާއި ހަޖަމުކުރުމުގެ މައްސަލަތަކަށް އެއްވަނަ!
51

ބުރަ އަދި ހޫނުގަދަ ދުވަސްވަރެއްގައި ހުރިހާ މަސައްކަތްތަކެއް ފުރިހަމައަށް ގެންދިއުމަށް ހަށިގަނޑުގައި ހަކަތަ ހުންނަން ޖެހޭނެއެވެ. ނަމަވެސް ހުރި ވަރުބަލި ކަމާއެކު ހަކުރު ގިނަ އެނާޖީ ބުއިމެއް ބޯލުމަކީ އެކަމަށް އޮތް ހައްލުތޯ؟

ބައެއް މީހުން އެގޮތަށް ދެކުނު ނަމަވެސް، އެނގޭތޯއެވެ. އެނާޖީ ޑްރިންކް ބުއިމަށްފަހު ކުޑަކަމު ދިއުމުން، އެ ބުއިމުން ލިބޭ ހަކަތަ ނެތިދެއެވެ.

އޭގެ ބަދަލުގައި ކަދުރަކީ އޭގައި އެކުލެވޭ ގުދުރަތީ މާއްތަކުން ހަށިގަނޑަށް ހަކަތަ ލިއްބައިދޭ މޭވާއެކެވެ. އޭގައި ގިނަ އަދަދަކަށް ފައިބާ، ޕޮޓޭސިއަމް، މެގްނީސިއަމް، ވިޓަމިންސް އާއި އެންޓިއޮކްސިޓެންސް ހިމެނެއެވެ. އެހެންކަމުން އެނާޖީ ބުއިމެއްގެ ބަދަލުގައި ކަދުރު ކާލުން މާ ބުއްދިވެރިއެއް ނޫންތޯއެވެ.

ކަދުރަކީ ކީރިތި ރަސޫލާ صلى الله عليه وسلم ގެ ޒަމާނުގައިވެސް ވަރަށް މާތްކަމެއް ދެވިގެންވާ މޭވާއެކެވެ. ކުޑަ މޭވާއެއް ނަމަވެސް މިއީ އެތަށް ފައިދާތަކަކުން ފުރިފައިވާ އެއްޗެކެވެ.

ސިއްހީ މާހިރުން ބުނާގޮތުގައި ހަތަރު ހަފްތާ ވަންދެން ދުވާލަކު ތިން ކަދުރު ކާނަމަ، ކަދުރުން ލިބޭ ފައިދާތަކުގެ އަސަރު ހަށިގަނޑަށް އަންނަން ފަށާނެއެވެ.

އޭގެ ތެރޭގައި ކާއެއްޗެހި ހަޖަމުކުރުގައި މައްސަލަތަކެއް ހުންނަނަމަ، ދުވާލަކު ތިން ކަދުރު ކެއުމުން އެކަމަށް ލުއިއެއް ލިބިގެންދެއެވެ. ކަދުރުގައި 12 ގުރާމް ފައިބާ އެކުލެވެއެވެ. އެއީ ހަށިގަނޑަށް ދުވާލަކު ބޭނުންވާ މިންވަރުގެ 48 އިންސަންތައްއެވެ. ފައިބާ އަކީ ޑައިރިޔާއިން ދުރުކޮށްދީ ރަނގަޅަށް ހަޖަމުކޮށްދިނުމަށް އެހީވެދޭ އެންމެ މުހިއްމު މާއްދާއެވެ.

އޭގެ އިތުރުން ހިތުގެ ދުޅަހެޔޮ ކަމަށްވެސް ކަދުރަކީ އެއްވަނަ އެވެ. ލޭނާރުތައް ފިތުމުގެ ސަބަބުން ހާޓް އެޓޭކާއި ސްޓޯކް ޖެހުމަށް މަގުފަހިވެއެވެ. ސިއްހީ މާހިރުން ބުނާގޮތުގައި ކަދުގައި ގިނަ އަދަދަކަށް ޕޮޓޭސިއަމް އެކުލެވޭތީ ލޭނާރުތައް ބްލޮކް ވުމުގެ ފުރުސަތު ދަށްކޮށްދެއެވެ. އެހެންކަމުން އަޖުމަ ބަލާލުން ރަނގަޅެވެ.

Leave a comment

Your email address will not be published.