Fri, 5 June, 2020, 1:59 am
ރޯދަވީއްލަން ކަދުރަށްވުރެ ރަގަޅު އެއްޗެއް ނެތް
5

ބަރަކާތްތެރި ރަމަޟާން މަސް އަޅުގަނޑުމެންނާއި ބައްދަލުކުރުމުގެ ވަގުތު ކުޑަތަންވަމުންދާއިރު މިހާރު އެންމެންވެސް ތައްޔާރުވަމުންދަނީ އެމަހަކަށްޓަކައެވެ. ރޯދަވީއްލާނެވަގުތު ކާނެ އެއްޗަކާއި އަދި ހާރުކާގަޑީގައި ކާނެ ހަށިގަނޑަށް އެންމެ ރަގަޅު އަދި އެންމެ މީރު ކެއުންތަކަކީ ކޮބައިތޯބެކުމެވެ. މިމަސައްކަތުގެ ތެރޭގައި ގިނަބަޔަކު އަދިވެސް ޚިޔާލުތަފާތުވަނީ ރޯދަވީއްލާވަގުތު ކާން އެންމެރަގަޅު އެއްޗަކާއި ގުޅޭޭގޮތުންނެވެ.

އެގޮތުން މިލިޔުމުގައި އަޅުގަނޑުމިދަންނަވާލަނީ އަޅުގަޑުގެ ޚިޔާލެވެ. ރޯދަވީއްލަން އެންމެ ކަމުދާ އެއްޗަކީ ކަދުރޭ ބުނެފިނަމަ ތިޔަބޭފުޅުން ދެންކުރައްވާނެ ސުވާލަކީ އެއީ ކީއްވެގެންތޯއެވެ. ސަބަބު ވަރަށް ސާފެވެ. ދިރާސާތަކުން ދައްކާގޮތުގައި ހަށިގަނޑަށް ފައިދާހުރި ޞިއްޙީ ކެއުމެއްގައި ނަމަ، ކަދުރު ހިމަނަންވާނެ އެވެ. ކަދުރުގައި ކާބޯހައިޑްރޭޓް، ފެޓް، ޕްރޮޓީން އަދިވެސް ހަށިގަނޑަށް ބޭނުންތެރި ވިޓަމިންތައް ހުރެއެވެ. މާބޮޑަށް ހަށިގަނޑުގެ ބަރުދަން ލުއިވެ، ހިކެމުންދާނަމަ، އެކަމުގެ ފަރުވާއެއްގެ ގޮތުން ކަދުރާއި، ކިއުކަމްބާ ޗިސްކޮށްގެން ހަދާފައި ހުންނަ ޕޭސްޓާއި އެއްކޮށް ބޭނުންކުރުމުން، ހަށިގަނޑުގެ ބަރުދަން އިތުރުވާކަމަށް ބުނެއެވެ. އެއް ކިލޯގެ ކަދުރުގައި 3000 ކެލޮރީ ހުރެއެވެ.

ކަދުރުގައި ހަކުރުގެ އެންމެ ތަބީޢީ ބައިތައް ކަމުގައިވާ، ގުލްކޯޒު، ފްރަކްޓޯޒް، ލެކްޓޯޒް، އަދި ސުކްރޯޒް ހިމެނެއެވެ. ކިރުގެ ތެރެއަށް އަޅައިގެން ފޯކޮށްގެން ކަދުރު ބޭނުންކުރުމުން އެއިން ލިބިދޭ ފައިދާ ، އިތުރުވެފައިވާއިރު ފޮނި، އަނގަޔަށް މީރު ކަދުރަކީ ހަށިގަނޑަށް ހަކަތާއި ބާރު ގެނެސްދޭ އެއްޗެކެވެ. ބޭނުންކުރާތާ ބައި ގަޑިއެއް ހާއިރުގެ ތެރޭގައި ހަށިގަނޑަށް އޭގެ ސަބަބުން ހަކަތަ ލިއްބައި ދެއެވެ. މިއީ އާންމުކޮށް ހުހަށް ކެއުމަށާއި، ތަފާތު ކާތަކެތީގެ ތެރޭގައި ހިމަނައިގެން ވެސް ބޭނުންކުރެވިދާނެ އެއްޗެކެވެ. ޚާއްޞަކޮށް ކަދުރަކީ މާތްވެގެންވާ ރަމަޟާންމަހުގެ ތެރޭގައި މުސްލިމުން އާންމުކޮށް ރޯދަ ވީއްލާގަޑީގައި ކައިއުޅޭ ވަރަށް އާންމު އެއްޗެކެވެ. އެހެންކަމުން ރޯދަވީއްލާގަޑީގައި ކަދުރަށްވުރެވަކި ރަގަޅު އެހެން މޭވާއެއްއަދިވެސް ހޯދިފައިނުވެއެވެ.

މީގެ އިތުރުން ކަދުރަކީ އޭގައި ގިނަ އަދަދަކަށް ފައިބަރު ހުރުމުގެ ސަބަބުން “ބަނޑު ސާފުކޮށްދޭ މޭވާއެކެވެ. ކަދުރުގައި ފެނަށްގިރޭ ވައްތަރުގެ ފައިބަރާއި، ފެނަށް ނުގިރޭ ވައްތަރުގެ ފައިބަރު ހިމެނެއެވެ. މިސަބަބާހުރެ ކަދުރަކީ ބަނޑުހިކުން ކުރިމަތިވެފައިވާ މީހުން ބޭނުންކުރަން ރަގަޅު އެއްޗެކެވެ.

ކަދުރުގައި ހިމެނޭ “ބަނޑު ސާފުކުރުމުގެ” ފައިދާ ލިބިގަތުމަށް ފުރިހަމަ އެއްރޭ ވަންދެން ކަދުރު ފޯކުރަން ފެނަށް އަޅާފައި ބަހައްޓަން ޖެހެއެވެ. ޖެހިގެން އަންނަ ދުވަހު ހެދުނު ފޯވެފައި ހުރި ކަދުރުތައް ގިރާލައިގެން ސަރުބަތުގެ ގޮތުގައި ބޭނުންކުރެވިދާނެ އެވެ. މިކަމުގެ ސަބަބުން ބަނޑު ފަސޭހަ ކޮށްދޭނެ އެވެ.

Leave a comment

Your email address will not be published.