ނަސްވާ ހަސަން
25 April 2019
މަޤްބޫލު ޙަބަރު

ދޮގުހެދުމަށްފަހު ވަކިވި ލޯބިވެރިޔާ އަލުން ގުޅެން ބޭނުންވަނީ ހެއްޔެވެ؟ އެހެންކަމަށްވާނަމަ ދެވަނަ ފުރުސަތެއް ދިނުމުގެ ކުރިން މިކަންކަމާމެދު ވިސްނާލާށެވެ. ދެވަނަ ފުރުސަތަކީ ލިބޭ އިތުރު ދެރައަކަށްވެސް ވެދާނެއެވެ.

މާފުކުރުމަކީ ރީތި ސިފައެކެވެ. އެކަމަކު މާފުކުރުމަށްފަހު އެމީހަކާއެކު އުޅެން ބޭނުންނުވެދާނެއެވެ. އަދި ކުރިން ކޮށްފައިވާ ކަންތަން ހިތުން ފުހެލާފައި އަލުން އެ ހިތާމައެއް ލިބުމަށް ފުރުސަތުދޭން ވެސް ބޭނުން ނުވެދާނެއެވެ. އެހެންވާނަމަ އަލުން ގުޅުމަކީ އެންމެ ރަނގަޅު ގޮތަށް ނުވެދާނެއެވެ. ނަމަވެސް މާފުކޮށް ކުރިންވެފައިވާ ކަންތައް ތަކުރާރު ނުކުރާނެކަމުގެ ފުރިހަމަ ޔަގީންކަންވާނަމަ އެމީހަކަށް ދެވަނަ ފުރުސަތެއް ދޭންވީއެވެ.

ދެވަނަ ކަމަކަށ،ް އަމިއްލަ ނަފްސާ މި ސުވާލުކޮށްލާށެވެ. އެމީހާއަށް އިތުބާރުކުރެވޭނެ ހެއްޔެވެ؟ އިތުބާރެއް ނެތްނަމަ އެ ގުޅުން ކުރިއަކަށް ނުދާނެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ހިތުގައި ޝައްކު އުފެދި ގުޅުން ކިލަބު ވާކަން ގިނައިރެެއް ނުނަގާނެއެވެ. ނަމަވެސް ދެވަނަ ފުރުސަތުގައި އެމީހާއަށް ފުރިހަމައަށް އިތުބާރު ކުރެވޭނެ ކަމަށް އަމިއްލަ ނަފްސަށް ގަބޫލުކުރެވޭނަމަ ދެވަނަ ފުރުސަތެއް ދީ ކުރީގެ ލޯބިވެރިޔާއާ ގުޅެންވީއެވެ.

ކުރިންވެފައިވާ ކަންތަކާމެދު ވާހަކަ ދައްކާށެވެ. އަލުން ގުޅުމުގެ ކުރިން، ކުރީގައި ވެފައިވާ ކަންތައް ދެނެގަނެ، އެމީހެއްގެ އަމިއްލަ ކުށް ގަބޫލުކުރާށެވެ. ވާހަކަ ދައްކައިގެން އެކަން ހައްލުކުރުމަށްފަހު އިތުރަށް ގުޅެން ބޭނުންވާނަ، ފުރުސަތު ދޭންވީއެވެ.

Leave a Reply

Your email address will not be published.

haftha.mv ©