ނަސްވާ ހަސަން
27 April 2019
މަޤްބޫލު ޙަބަރު

އެޕަސް ސިޑާ ވިނެގާ އަކީ އާފަލުގެ ދިޔައިން ތައްޔާރުކޮށްފައި ހުންނަ ހަށިގަނޑަށް ފައިދާހުރި ބުއިމެކެވެ. ގިނަ އަދަދަކަށް ވިޓަމިންސް އާއި އެންޑިއޮކްސިޑެންސް ހިމެނޭ މި ވިނެގާގައި އެކުލެވޭ އެސިޑް އަދި އަލްކެލައިންގެ ސަބަބުން ހަށިގަނޑުގަ ހުންނަ ނުރައްކާތެރި ބެކްޓީރިއާތައް މަދުކޮށްދެއެވެ.

އަދި ހަށިގަނޑު ޕީއެޗް ލެވެލް އެއް ހަމައެއްގައި ހިފަހައްޓައިދޭ މަދު ބުއިންތަކުގެ ތެރޭގައި އެޕަސް ސިޑާ ހިމެނޭއިރު މިއީ ބަރުދަން ފަސޭހައިން ލުއިކޮށްދޭ ބުއިމެކެވެ.

ބުއިން ތައްޔާރުކޮށްލުމަށް، އާދައިގެ ފެން ތައްޓެއް ތެރެއަށް އެއް މޭޒުމަތީ ސަމުސާ ލުނބޯ، އެޕަލް ސިޑާ އަދި މާމުއިތް އަޅާ ރަނގަޅަށް ގިރާލާށެވެ. އަދި ހެނދުނު ނާސްތާ ނެގުމުގެ 30 މިނެޓް ކުރިން ބޯލާށެވެ. މި ބުއިން ބޭނުން ކުރަމުން، ދުވާލަކު މަދުވެގެން 30 މިނެޓް ކަސްރަތުކޮށްލުމުން ނަތީޖާ ފެނުން އަވަހެވެ.

ސިއްހީ މާހިރުން ލަފާދެނީ، އެޕަލް ސިޑާގައި އެސިޑިކް ލެވެލް މަތިވުމުގެ ސަބަބުން ފެނަށް ގިރުވައިގެން ބުއިމަށެވެ. އަދި ރަހަ މީރުކޮށްލުމަށާއި އިތުރު ފައިދާތަކަށް ލުނބޯ އަދި މާމުއިތް އެޅުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

Leave a Reply

Your email address will not be published.

haftha.mv ©