Fri, 5 June, 2020, 1:53 am
ދަރިފުޅަށް މީސެލްސް ޖެހުމުން، ވެކްސިން ދިނުމަށް މީހުން އަހުލުވެރިކުރަނީ
13

ރާއްޖެއާއި ރާއްޖޭން ބޭރުގެ އެކި ކަންކޮޅުތަކުގައި ވެސް ވެކްސިން ޖެހުމާއި ދެކޮޅު މީހުން ވަރަށް ގިނަ ކަން ފާހަގަވެއެވެ. ނަމަވެސް އެމެރިކާއަށް ނިސްބަތްވާ ޖިލީ މޮސް ވެކްސިން ޖެހުމާއި ދެކޮޅެއް ނޫނެވެ.

އެކަމަކު ދަރިފުޅަށް ވެކްސިން ދޭންޖެހޭ ދުވަހުގެ ކުރިން، ވެކްސިން ދިނުމުން ރައްކާތެރިކޮށްދޭ، ނުރައްކާތެރި ބައްޔެއް ދަރިފުޅަށް ޖެހުމުގެ ސަބަބުން ޖިލީގެ ހިތް ނުތަނަވަސް ކުރުވި އެވެ.

އެގޮތުން ޖިލީ ދަރިފުޅަށް ޖެހުނީ ނުރައްކާތެރި ބައްޔެއް ކަމަށްވާ މީސެލްސް ބައްޔެވެ. އޭގެ ސަބަބުން އެފަދަ ނުރައްކާތެރި ބަލިތަކުން އެހެން މީހުންގެ ދަރިން ސަލާމަށް ކޮށްދިނުމަށް ވެކްސިން ޖެހުމުގެ މުހިއްމުކަން ދައްކައިދިނުމަށް ޖިލީ ވަނީ ދަރިފުޅު އަލްބާގެ ފޮޓޯ ސޯސަލް މީޑިޔާގައި ހިއްސާކޮށްފަ އެވެ.

އަދި ގިނަ ބައެއްގެ ސަމާލުކަން އެ ފޮޓޯތަކަށް ވަނީ ގޮސްފައެވެ. އެމެރިކާގެ މީޑިޔާއަކަށް ޖިލީ މައުލޫމާތުދެމުން ވިދާޅުވީ ކުޑަކުދިންނަކީ ވަރަށް ނާޒުކު ބައެއް ކަމަށާއި ނުރައްކާތެރި ވައިރަސްތަކުން ދަރިފުޅު ސަލާމަތްކުރުމަށް ވެކްސިންގެ ރައްކާތެރިކަން އިނގެން ޖެހޭނެ ކަމަށެވެ.

ޖިލީ ވިދާޅުވީ، އެމެރިކާގައިވެސް މި ބަލި ވަރަށް އާންމުވެފައިވާ ކަމަށެވެ. އެގޮތުން މީސަލް ބަލި ޖެހުމުން، އެ ވައިރަސްގެ އަސަރު ދެ ގަޑިއިރު ވަންދެން ވައިގެ ތެރޭގައި ހިމެނޭ ކަމަށާއި މިއީ ފަސޭހައިން ޖެހޭނެ ބައްޔެއް ކަމަށެވެ. އަދި ޖިލީގެ ދަރިފުޅަށް ވެކްސިން ދެވުނު ނަމަ މިބަލިން ސަލާމަތްވާނެ ކަމަށް ވިދާޅުވި އެވެ.

” ހިތަކަށް ކެތެއް ނުވޭ ދަރިފުޅުގެ ހާލަތު ފެނިފަ. ހަތަރު ދުވަސް ވަންދެން ދަރިފުޅުގެ ލޯ ވެސް ނުހުޅުވާ، ދެ ހަފްތާ ވަންދެން އޮތީ ހުންއައިސް.” ޖިލީގެ ދަރިފުޅުގެ ފޮޓޯއަކާއިއެކު އެފްބީގައި ޕޯސްޓް ކޮށްފައި ވެއެވެ.

ޖިލީ އިތުރަށް ވިދާޅުވީ، ލަންޑަންގެ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށް ފަރުވާ ދެމުންދާ ކަމަށާއި މިހާރު އަލްބާގެ ހާލު ކުރިއަށްވުރެ ރަނގަޅުވަމުން އަންނަ ކަމަށެވެ.

Leave a comment

Your email address will not be published.