Fri, 3 April, 2020, 6:06 am
މާބަނޑު ދުވަސްވަރު ގިނައިން މަދު ކާނަމަ ލިބޭ ދަރިފުޅުގެ ވިސްނުންތޫނުވޭ!

މާބަނޑު ދުވަސްވަރު ގަވާއިދުން މަދު ކާނަމަ ލިބޭ ދަރިފުޅުގެ ވިސްނުންތޫނުވާ ކަމަށް ފަހުގެ ދިރާސާއަކުން ދައްކައިފި އެވެ.

ބާސެލޯނާ އިންސްޓިޓިއުޓް އޮފް ގްލޯބަލް ހެލްތުން ހެދި އެ ދިރާސާ ހަދާފައިވަނީ 2200 މާބަނޑު އަންހެނުންނާއި އެ މީހުންނަށް ލިބުނު ދަރިން ބޭނުންކޮށްގެންނެވެ.

އަށް އަހަރު ދުވަހުގެ އެ ދިރާސާއިން ދެއްކި ގޮތުގައި މާބަނޑު ދުވަސްވަރުގެ ފުރަތަމަ 12 ހަފްތާގައި، ހަފްތާއަކު ތިނެއް ނުވަތަ އެއަށްވުރެ ގިނަ ދުވަހު މަދު ކެއި އަންހެނުންނަށް ލިބުނު ދަރިން އުމުރުން އަށް އަހަރުގައި ވިސްނުންތޫނު ކަމަށް އިންޓެލިޖެންސް ޓެސްޓުތަކުން ވަނީ ދައްކައިފައެވެ.

އެގޮތުން މާބަނޑު ދުވަސްވަރުގެ ފުރަތަމަ ތިން މަސް ދުވަހު މަދުން ނުވަތަ އެއްވެސް ވަރަކަށް މަދު ނުކެއި އަންހެނުންނަށް ލިބުނު ކުދިންނަށްވުރެ، ގިނައިން މަދު ކެއި އަންހެނުންނަށް ލިބުނު ކުދިންގެ އަވަހަށް ކަންކަން ނަގައިގަތުމާއި ސަމާލުކަން ދިނުމާއި ހަނދާނުގައި ކަންކަން ބެހެއްޓުން ރަނގަޅު ކަމަށް ވަނީ ފާހަގަކުރެވިފައެވެ.

މަދަކީ އޭގެ ޒާތުގައި ވެސް ހައިޕަޓެންޝަން، ސްޓްރެސް އަދި ޑައިބެޓީސްގެ ނުރައްކާ ކުޑަ ކޮށްދޭ އެއްޗެކެވެ. ނަމަވެސް މިއީ، މާބަނޑު ދުވަސްވަރު މަދު ކެއުމާއި އެމީހުންނަށް ލިބޭ ދަރިންގެ ވިސްނުމާ ގުޅިފައިވާކަމަށް ދެއްކި ފުރަތަމަ އެފަދަ ތަހުގީގެވެ.

އެގޮތުން ޔޫރަޕިއަން ޖާރނަލަސް އޮފް އެޕިޑެމިއޮލޮޖީގައި ޝާއިއު ކޮށްފައިވާ އެ ދިރާސާގައި މާބަނޑު އަންހެނުން ބޭނުންކޮށްފައިވަނީ، ވޮލްނަޓްސް، އެލްމަންޑް، ޕީނަޓްސް، ޕައިން ނަޓްސް އަދި ހެޒެލްނަޓްސްއެވެ.

Leave a comment

Your email address will not be published.