ނަސްވާ ހަސަން
11 May 2019
މަޤްބޫލު ޙަބަރު

 .އުމުރުން ދޮށީވާ ވަރަކަށް މީހާ ދާނީ މުސްކުޅިވަމުންނެވެ. މީހާގެ އުމުރުން ވަކި ހިސާބަކަށްދާއިރު، .މުސްކުޅިވެ  ގައިބާރު ދެރަވެއެވެ. ނަމަވެސް ސިއްހަތަށް ފައިދާހުރި ކާނާ ހިމެނުމުން، އަވަހަށް މުސްކުޅިބަލި ޖެހުމުން ވެސް ދުރުކޮށްދޭނެ އެވެ.

އޮރެންޖް

ރާއްޖޭގައި އާންމުކޮށް ލިބެންހުންނަ، މި މޭވާގައި ގިނަ އަދަދަކަށް ވިޓަމިން ސީ ހިމެނެއެވެ. މިއީ ކެންސަރު ޖެހުމުން ދުރުކޮށްދޭ މޭވާއެކެވެ. އަދި ހަށިގަނޑުގެ ތާޒާކަން އިތުރުކޮށްދީ، ޒުވާކަން އިތުރުކޮށްދެއެވެ. އަދި އޮރެންޖަކީ ލޯ ކައިރީގައި ވްރިންކަލްސް އުފެދޭ މިންވަރުވެސް މަދުކޮށްދޭ މޭވާއެއް ކަމަށް ސިއްހީ މާހިރުން ބުނެއެވެ.

ސްޓޯބެރީ

ކާލަން މީރު މި މޭވާ އަކީ މުސްކުޅިވުމުން ދުރުކޮށްދީ ހަމުގެ އުޖާލާކަން އިތުރުކޮށްދޭ މޭވާއެކެވެ. އަދި ސްޓޯބެރީގައި ގިނަ އަދަދަކަށް ވިޓަމިން ސީ އާއި ފައިބާ އެކުލެވުމުގެ ސަބަބުން ހަށިގަނޑުގެ ސެލްތަކުގެ ދިރުން ވަރުގަދަކޮށްދެއެވެ.

ކޮކޯ

ރާއްޖޭގައި ގުދުރަތީ ކޮކޯ ލިބުމަކީ ދަތިކަމެކެވެ. ނަމަވެސް އެންމެ ގިނަ އަދަދަކަށް ކޮކޯ އެކުލެވެނީ ޑާކް ޗޮކްލެޓުގަ އެވެ. ކޮންމެ ދުވަހަކު ޑާކް ޗޮކްލެޓް ކޮޅެން ކާލުމަކީ އެދެވިގެންވާ ކަމެކެވެ. އެގޮތުން މުސްކުޅިވުމުން ދުރުކޮށްދޭ، ބުލެޓް ޕުރެޝަރު ދަށްކޮށް، ހަށިގަނޑުގައި ލޭ ދައުރުވުމަށް އެހީވެދެއެވެ.

ކްރޭން ބެރީ ޖޫސް

ކްރޭން ބެރީ ޖޫހުން ކެންސަރަށް މަގުފަހިކޮށްދޭ ސެލްސްތައް ނައްތާލަދެއެވެ. އަދި ދަތުގެ ރީދޫކަން ދުރުކޮށްދީ ދަތްތައް ހުދުކޮށްދެ އެވެ. ދުވާލަކު އެއް ތަށި ކްރޭންބެރީ ޖޫސްތައްޓެއް ބުއިމުން ހަށިގަނޑުގެ ދުޅަހެޔޮކަން އިތުރުކޮށްދޭނެ އެވެ. އުމުރުން ދުވަސްވާ ވަރަކަށް ސެންސަރާއި އެހެނިހެން ނުރައްކާތެރި ބަލިތައް ޖެހުމުގެ ފުރުސަތު ގިނަވެއެވެ. އެހެންކަމުން ފައިދާހުރި ކާނާތައް ގިނަ ކުރުމަކީ މުހިއްމު ކަމެކެވެ.

Leave a Reply

Your email address will not be published.

haftha.mv ©