ނަސްވާ ހަސަން
16 May 2019
މަޤްބޫލު ޙަބަރު

ކަކުލުގަ ރިއްސުމަކީ ފަސޭހައިން ލުއި ލިބޭ ކަމެއް ނޫނެވެ. ހާއްސަކޮށް އުމުރުން ދުވަސްވުމުން ކަކުލުގެ ރިހުން ގަދަވެ ފަރުވާ ކުރިއަސް ލުޔެއް ނުލިބޭކަން ފާހަގަ ކުރެވޭނެ އެވެ.

ކަކުލުގެ ރިހުން ރަނގަޅުކުރުމަށް ގިނަ ބޭސްތަކެއް ކުރިކަމުގައި ވިޔަސް، ކެއުމަށް ބަދަލެއް ގެނައިން ހެއްޔެވެ؟ ކެއުމުގައި ގެންގުޅެވޭ އެއްޗެއްގެ ސަބަބުން ކަކުލުގެ ރިހުން މަޑުވުމަކީ ސިއްހީ މާރިހުންވެސް ގަބޫލުވާ ކަމެކެވެ. އެގޮތުން ކަކުލުގައި ރިހޭނަމަ މިތަކެތި ކެއުމުގައި ހިމެނުމުން، ރިހުން މަޑުވާނެ އެވެ.

ކެރެޓުގައި އެކުލެވޭ ބީޓާ ކެރޮޓީން އާއި ވިޓަމިން އޭ ގެ ސަބަބުން ގުތުރަތުން ތަދު ކަނޑުވައިދެއެވެ. އެގޮތުން ކެރެޓް ކައްކާއިގެންވެސް ބޭނުންކުރެވިދާނެ އެވެ. ދުވާލަކު ދެ ކެރެޓް ކެއުމުން ރިހުން މަޑުކޮށްދޭނެ އެވެ.

ކުޅިކޮށް ކާ މީހުންނަށް މީ އުފާވެރި ހަބަރެކެވެ. މިރުހުގައި ގިނަ އަދަދަކަށް ވިޓަމިން ސީ ހިމެނެއެވެ. ނަތީޖާއެއްގެ ގޮތުން ކަށީގެ ދުޅަހެޔޮކަން އިތުރުކޮށްދީ، ހުޅުހުޅު ވަރުގަދަކޮށްދެއެވެ. އެކަމަކު ކެއުމަށް އެންމެ ރަނގަޅީ ރަތް ތޮޅި މިރުހެވެ.

އެވަކާޑޯގައި ހުންނަނީ ފައިދާހުރި ފެޓްސް އެވެ. އެ ފެސްޓްގެ ތެރޭގައި ހިމެނޭ އޮއެލިކް އެސިޑްގެ ސަބަބުން ކޮންމެ ކަހަލަ ކަކުލުގެ ރިހުމަކަށްވެސް ލުޔެއް ލިބެއެވެ. އެވަކާޑޯއަކީ ކަކުލުގެ ރިހުމަށް އެންމެ ރަނގަޅު ތަދުކަނޑުވާ ބޭސް ކަމަށް ސިއްހީ މާހިރުން ބުނެއެވެ.

އޭގެ އިތުރުން ކާއެއްޗެހި ތައްޔާރުކުރަން ބޭނުންކުރާ އިގުރުންވެސް ކަކުލުގެ ރިހުން ކުޑަކޮށްދޭން އެހީވެދެއެވެ. އިގުރުގައި އެކުލެވޭ ޖިންޖަރޯލް ނަމަކަށް ކިޔާ މާއްދާއެއްގެ ސަބަބުން އިގުރު ކެއުމުން ނުވަތަ ޗިސްކޮށްފައި ކަކުލުގައި އުގުޅުމުންވެސް ރިހުން މަޑުކޮށްދެއެވެ.

Leave a Reply

Your email address will not be published.

haftha.mv ©