

އަލަތު ދަރިފުޅު ލިބުމުން އެކުދިންގެ ހުރިހާ ކަމަކާއި ހަވާލުވެ އުޅުމުގެ ތެރޭގައި ވަރަށް ގިނަ ކަންތަކެއް ހަމަޖައްސަން ޖެހެއެވެ. އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ހިމެނެނީ އެކުދިންގެ ނިދާ ޝެޑިއުލްއެވެ. ޝެޑިއުލްއަކަށް ނިންދެވުމަކީ ސަމާލުކަންދޭންޖެހޭ ކަމެކެވެ.
އެގޮތަށް ނުނިއްދެވިއްޖެ ނަމަ ދަރިފުޅު ރޭނގަޑު ނުނިދާ އުޅުމަކީ އެކަށީގެންވާ ކަމެކެވެ. ތުއްތު ދަރިފުޅުގެ ފުރަތަމަ ދުވަސްވަރުގައި އަވަހަށް ބަނޑުހައިވެ އެވެ. އަދި ފުރަތަމަ ހަފްތާތެރޭގައި ފުލްފީޑްއެއް އެކުދިންނަށް ދިނުން މުހިއްމެވެ. އެހެންކަމުން ފުރަތަމަ ދެތިން ހަފްތާ ނިދާގަނޑި ބަދަލުވުން އެކަށީގެންވެއެވެ. އެހެންކަމުން ފުރަތަމަ ކަމަކަށް ދަރިފުޅަށް ފީޑްކުރާ ގަޑިތައް ނޯޓުކޮށްލާށެވެ.
ޝެޑިއުލަކަށް ކަންތައް ގެންދިޔުމަށް، ފުރަތަމަ ދަރިފުޅަން ދުވާލާއި ރޭނގަޑު ވަކިކޮށްދޭށެވެ. އެގޮތުން ފީޑް ކުރާއިރު އަލިގަދަކޮށްގެން ނުވަތަ ކުޑަދޮރެއް ކައިރީގައި ފީޑްކުރާށެވެ. އަދި ރޭނގަޑު 8 ގެ ފަހުން އަލިމަޑު އައްޔެއްގައި ދަރިފުޅުގެ ނެޕީ ބަދަލުކޮށް ފީޑްކޮށް ހަދާށެވެ.
އޭގެ އިތުރުން ދުވާލުގެ ވަގުތުގައި 3 ގަޑިއިރަށްވުރެ ގިނައިރު ނިދަން ނުބާއްވާ، ނަގައިގެން ފީޑްކުރާށެވެ. އަދި ދުވާލު އެއްވަގުތު ތަކެއްގައި ފީޑް ދީ، ދުވާލު ގިނައިރު ނުނިއްދަވާށެވެ.
އެއަށްފަހު ރޭނގަޑު ހޭލައި އުޅޭނަމަ ފީޑްކޮށް ނިންދެވޭތޯ މަސައްކަތް ކުރާށެވެ. ނަމަވެސް ނުނިދަން މަސައްކަތް ކުރާނަމަ ވާހަކަ ދައްކާ، ދަރިފުޅާއިއެކު ސަކަރާތްޖެހުމުގެ ބަދަލުގައި ގުރުއާން އަޑުއިއްވާފައި ބާއްވާށެވެ. ގިނަ ފަހަރަށް އަމިއްލައަށް އޮވެ ނިދާނެއެވެ.
