.
09 June 2019
މަޤްބޫލު ޙަބަރު

ދަރިން ލިބުން ލަސްވުމުގައި ބައެއް ފަހަރު އަނބިމީހާގެ ދައުރެއް ވާފަދައިން ފިރިމީހާގެ ދައުރަކީވެސް ކުޑަ ދައުރެއް ނޫނެވެ. އެގޮތުން ދަރިފަނި ފުރިހަމަކަން ގެނެސް ދިނުމަށް ފިރިމީހާ ރަނގަޅު ކާނާކެއުމަކީ ވަރަށް މުހިންމު ކަމެކެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި ބަލިވެއިނުން ލަސްވާ ހާލަތް ތަކުގައި ފިރިމީހާ ފަރުވާ ކުރުމުން ރަނގަޅުވާ ހާލަތްތަށް %40 އިތުރުވެއެވެ. އެހެންކަމުން ފިރިމީހާ ރަނގަޅު ކާނާ ކެއުމަކީ އަނބިމީހާ ބަލިވެ އިނުމުގެ ފުރުޞަތު އިތުރުވާ ކަމެކެވެ. ފިރިމީހާ ރަނގަޅު ކާނާ ކާންޖެހެނީ ހަމައެކަނި އަނބިމީހާ ބަލިވެ އިނުމަށްޓަކާ އެކަންޏެއް ނޫނެވެ. ކުޑަދަރިފުޅުގެ ސިއްހަތު ރަނގަޅު ކުރުމަށްޓަކައި ވެސް ފިރިމީހާ ރަނގަޅު ކާނާ ކާންޖެހެއެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި އަނބިމީހާ ބަލިވެ އިނުުގެ މަދުވެގެން އެއްމަސް ކުރީން ފެށިގެން ފިރިމިހާ ރަނގަޅު ކާނާ ނުކާނަމަ އަނބިމީހާ ބަލިވެ އިދެ ވިހާ ދަރިފުޅު އެހެން ކުދިންނަށް ވުރެ އާއްމުގޮތެއްގައި ލުއިވެއެވެ. ކުޑަ ދަރިފުޅު ލުއިވުމަކީ ދަރިފުޅުގެ ސިއްހަތަށާއި ސުލޫކަށް ވަރަށް ބޮޑެތި ގެއްލުން ވާކަމެކެވެ. މުޅިއުމުރަށް ކުޑަދަރިފުޅު ނިކަމެތި ކުއްޖަކަށް ވުމަކީ އެކަށީގެންވާ ކަމެކެވެ.

ވިޓަމިން ސީ

މި މާއްދާއަކީ ދަރިފަނި އައިބު ވުމުން ދުރުކޮށްދޭ އަދި ދަރިފަނި ދަތުރު ކުރުމުގެ ބާރު އިތުރު ކޮށްދޭ މާއްދާއެކެވެ. ދުވާލަކު ގާތްގަޑަކަށް 250-300 ގުރާމުގެ ޖޫސްތައްޓެއް ބުއިމުން 125 މިލިގުރާމު ވިޓަމިން ސީ ލިބޭނެއެވެ. ދުވާލާކަށް ހަށިގަނޑަށް މަދުވެގެން 60 މިލިގުރާމު ވިޓަމިން ސީ ބޭނުން ވެއެވެ.

ޒިންކު

ހަށިގަނޑުން ޒިންކު މަދުވުމަކީ ފިރިހެން ހޯމޯނާއި މަނި އުފެދުން މަދުކުރާ ކަމެކެވެ. ދުވާލަކަށް ހަށިގަނޑަށް 15 މިލިގުރާމު ޒިންކު ބޭނުންވެއެވެ. ޒިންކު ގިނައިން ލިބޭ ކާބޯތަކެތީގެ ތެރޭގައި ކަނޑުމަސް، ގެރިމަސް، ކުކުޅުމަސް އަދި ބޭކެޑްބީންސް ފަދަ ކާނާ ހިމެނެއެވެ. ގާތްގަޑަކަށް 35 ގުރާމު ކުކުޅު މަހުން އެއް މިލިގުރާމު ޒިންކު ލިބެއެވެ. ހަމަ މިވަރު 20 ގުރާމު ގެރި މަހުން ވެސް ލިބިދެއެވެ.

ފޯލިކު އެސިޑު

އަނބިމީހާގެ ހަށިގަނޑުން ފޯލިކު އެސިޑު މަދުވުމަކީ އުފެދުމުގެ ބައެއް ބަލިތައް ޖެހޭކަމެކެވެ. ހަމައެފަދައިން ފިރިމިހާގެ ހަށިގަނޑުން ފޯލިކު އެސިޑު މަދުވުމަކީ ވެސް މިހެން ދިމާވުމުގެ ފުރުޞަތު ބޮޑުވާ ކަމެކެވެ. އަދި މިއީ ދަރިފަނި އުފައްދާ މިންވަރުވެސް މަދު ކުރާ ކަމެކެވެ.

ދުވާލަކަށް ހަށިގަނޑަށް 400 މައިކުރޯގުރާމު ފޯލިކު އެސިޑު ބޭނުންވެއެވެ. ފޯލިކު އެސިޑު ގިނަ ކާނާގެ ތެރޭގައި ފެހިކުލަ ގަދަ ފަތްޕިލާވެންޏާއި އޮރެންޖު ޖޫސް ހިމެނެއެވެ. ބޭނުންވެއްޖެ ހާލަތުގައި ފޯލިކު އެސިޑާއި މަލްޓި ވިޓަމިން ފަދަ ބޭސް ބޭނުން ކުރުމަކީ ވެސް އެންމެ ރަނގަޅު ކަމެކެވެ.

ވިޓަމިން ޑީ އާއި ކެލްސިއަމް.

މިއީ ދަރިން ލިބުމުގެ ފުރުޞަތު އިތުރު ކޮށްދޭ މާއްދާ ތަކެކެވެ. ދުވާލަކަށް ހަށިގަނޑަށް ގާތްގަޑަކަށް 1000 މިލިގުރާމު ކެލްސިއަމް ބޭނުންވާއިރު 10 މައިކުރޯ ގުރާމު ވިޓަމިން ޑީ ބޭނުންވެއެވެ. މިބާވަތްތައް ގިނައިން ލިބޭ ކާނާގެ ތެރޭގައި ފަޓުމަދު ކިރާއި ޔޯގަޓު ހިމެނެއެވެ.

Leave a Reply

Your email address will not be published.

haftha.mv ©