.
17 June 2019
މަޤްބޫލު ޙަބަރު

އަނބަކީ ހަށިގަނޑަށް ފައިދާހުރި ތަފާތު މަޢުދަންތަކާއި ވިޓަމިންސް ފަދަ ހަށިގަނޑަށް ފައިދާހުރި އެތަކެއް މާއްދާތަކެއް ހިމެނޭ މީރު މޭވާ އެކެވެ. ދިވެހިންގެ ތެރޭގައި ވެސް އަނބަކީ މަގުބޫލު އަދި ތިއާގި މޭވާއެ ކެވެ.

އަނބުގައި ވަރަށް ގިނަ ވައްތަރުގެ ފީނޮލިކް ކަމްޕައުންޑް ތައް ހުރެއެވެ. އޭގެ ތެރޭގައި “ކްއެރެސްޓިން” ، “އައިސޯކްއެރެސްޓިން”، “އެސްޓްރެގެލިން”، “ފިސެޓިން”، “ގެލިކް އެސިޑް”، އަދި “މީތައިލް ގެލޭޓް” ހިމެނެ އެވެ.

މީގެ އިތުރުން ވަރަށް ގިނަ އެންޒައިމްތައް އޭގައި ހިމެނޭއިރު އެންމެ ޚާއްސަ އެއްކަމެއްގެ ގޮތުގައި ފާހަގަކޮށްލަންޖެހޭ ކަމަކީ ހަށިގަނޑުގައި ސަރުބީގެ މިންވަރު ދަށްކުރުމުގައި އަނބުގައި ހިމެނޭ މާއްދާއެކެވެ.

އަނބުގައި ހިމެނޭ ޑައެޓްރީ ފައިބަރއަކީ ލޭގައި ހިމެނޭ ނުރަގަނޅު ކޮލެސްޓްރޯލްގެ މިންވަރު ދަށްކުރާ މާއްދާއެކެވެ. މިއީ ލޭހޮޅިތަކުގެ އެތެރޭގައި ތަތްވެ، ޖަމާވެ، ލޭހޮޅި ބައްދައި ހަރުކޮށްލުމުގެ ދައުރު އަދާކުރާ ސަރުބީގެ ވައްތަރެކެވެ.

އެހެންކަމުން އަނބު ބޭނުންކުރުމަކީ ސަރުބީގެ މިންވަރު ދަށްވެ، ހިތާއި ލޭހޮޅިތަކަށްޖެހޭ ބަލިތަކުން (ސްޓްރޯކް ޖެހުން، ހާރޓް އެޓޭކް ޖެހުން) ދުރުކޮށްދޭނެ ކަމެކެވެ. މީގެ އިތުރުން އަނބުގައި ވެސް ހިމެނޭ ވިޓަމިން ސީ އަކީ ލޭގެ ސަރުބީ މިންވަރު ދަށްކޮށްދޭ މުހިންމު މާއްދާއެކެވެ.

ފޮތިކޮށް ކޮށާފައި ހުންނަ އަނބު ޖޯޑެއްގައި ދުވާލަކަށް ބޭނުންވާ ވިޓަމިން ސީގެ 76 އިންސައްތަ ހުރެއެވެ. ވިޓަމިން ސީ އަކީ ވެސް ބާރުގަދަ އެންޓި އޮކްސިޑެންޓަކަށް ވުމުން ފްރީ ރެޑިކަލްތަކުން ސެލްތަކަށް ލިބޭ ގެއްލުމުން ރައްކާތެރިކޮށްދީ ކެންސަރު ޖެހުމުގެ ފުރުޞަތު ހަނިކޮށް، މުސްކުޅިވުން ލަސްކޮށްދެއެވެ.

އަނބުގައި ހިމެނޭ ވިޓަމިން ސީ ގެ މިންވަރު

އަނބަކީ މޭވާއެއްގެ ގޮތުގައި ބޭނުންކުރުމުގެ އިތުރުން، އަސާރަ ހަދައިގެންނާއި، ފަނި ގިރައިންނާއި، ޖޫސް ޕެކެޓްގައި ބަންދުކޮށްގެންނާއި، އަދި ކާތަކެތީގެ ތެރޭގައި ރަހަ މީރު ކޮށްލުމަށް ވެސް ބޭނުންކޮށް އުޅޭ މުހިންމު މޭވާއަކަށް ވާއިރު އަނބު ގިނައިން ބޭނުންކުރުމަކީ ހަންގަނޑު އޮމާންވެ، ސާފުވެ، ބިހި ނެގުން ކުޑަކޮށްދީ، ހަމުގައި ނަގާ އޮށާޅަ ފަދަ މައްސަލަތަކުން ކުރިމަތިވާ އުދަނގޫ ކުޑަކޮށްދޭނެ ކަމެކެވެ.

އެގޮތުން އަނބު ފޮތިކޮށްލުމަށްފަހު، 10 ވަރަކަށް މިނިޓް ވަންދެން އޮށާޅަ ނަގާފައިވާ ހިސާބު އުގުޅިދާނެ އެވެ. މިއީ ހަންގަނޑު އަލިކޮށް، ދޮންކޮށްދޭ ކަމެއް ވެސް މެއެވެ.

Leave a Reply

Your email address will not be published.

haftha.mv ©