Fri, 28 February, 2020, 3:39 am
މަދިރި ހަފަނީ ހަމައެކަނި އަހަރެން ގައިގަތަ؟ އެކީއްވެ؟

ގިނަ ބަޔަކު އެއްވެ ތިބޭ ތައްތާގަވެސް، ހަމައެކަނި އެންމެ މީހެއްގެ ގައިގަ މަދިރި ހަފާކަން ފާހަގަވޭ ހެއްޔެވެ؟މިކަމަށް ވަރަށް ގިނަ ފަހަރަށް ސުވާލު އުފެދެއެވެ. ދެ މީހުންގެ ތެރެއިން އެންމެ މީހެއްގެ ގައިގަ މަދިރި ހަފަން ދިމާވާނީ ސަބަބުތަކެއް ނެތި އެއް ނޫނެވެ. އެހެންކަމުން މިއީ މަދިރި ހަފަން ދިމާވާ ބައެއް ސަބަބުތަކެކެވެ.

ދިރާސާތަކުން ދައްކާގޮތުގައި މަދިރި އަށް ވަރަށް ދުރުން ކާބޮންޑައި އޮކްސްސައިޑްގެ ވަސް ލިބެއެވެ. އަދި ކަސްރަތުކޮށްގެން އަންނަ މީހެއް ނަމަ އަވަހައް ނޭވާލާތީ ގިނަ ކާބޮންޑައި އޮކްސައިޑްސް ބޭރުވެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ކަސްރަތުކޮށްގެން އަންނަ މީހެއްގެ ގައިގަ މަދިރި ހަފާލެއް ގިނަވެއެވެ. އަދި ކަސްރަތުކުރުމަށްފަހު ގައިގަ އުފެދޭ ލެކްޓިކް އެސިޑަށްވެސް މަރިދި ގަޔާވެއެވެ.

ހަމަ އެފަދައިން މަދިރި ބޮޑަށް ގަޔާވަނީ ސިއްހަތު ރަނގަޅު މީހުންނަށްވުރެ ބަލި މީހުންނަށެވެ. ބަލިތައް ފެތުރެން ދިމާވާ ސަބަބަކީވެސް އެއީއެވެ. އެއީ ބަލި މީހުންގެ ބޮޑީ ޓެންޕަރޭޗާ ތަފާތުވުމާއިއެކު ކާބޮންޑައި އޮކްސައިޑްސް ބޭރުވާ މިންވަރު އިތުރުވާތީވެއެވެ.

އޭގެ އިތުރުން ކުލަ އަލި ހެދުމަށްވުރެ މަދިރި އަޅައިގަންނަނީ ކުލަ އަނދިރި ހެދުމަށެވެ. މިސާލަކަށް ކަޅު ނުވަތަ ޗޮކްލެޓް ކުލަ ހިމެނެއެވެ. ހެދުމުގެ ކުލައާއި އެއްފަދައިން ހެދުމުގައި ދުވާ ވަހަށްވެސް މަދިރި ގާތްވެއެވެ. އެގޮތުން ދާހިތްލާފައި ހުރުމުގެ ސަބަބުން ހެދުމުގައި ނުބައި ވަސް ދުވާނަމަ، މަދިރި ހަފަން މެދުވެރިވެއެވެ.

މިކަމަކީ ބަދަލު ނުކުރެވޭނެ ކަމެކެވެ. ދިރާސާތަކުން ހާމަވާ ގޮތުގައި ގައިގަ ހުންނަ ލޭ ގުރޫޕެއްގެ ސަބަބުން މަދިރި ގަޔާވެއެވެ. އެގޮތުން “އޯ” ލޭ ގުރޫޕް ހުންނަ މީހުންގެ ގައިގަ އެހެން މީހުންނަށްވުރެ އަވަހަށް މަދިރި ހަފައެވެ. އެފަދަ މީހުން މަދިރި އާއި ރައްކާތެރިވުމަށް މަދިރި ލޯޝަންފަދަ ތަކެތި ބޭނުންކުރުން މުހިއްމެވެ.

އިށިންދެ އިންނަ އިރު ފައިގަ މަދިރި ހަފާކަން ފާހަގަ ވާނެއެވެ. އާންމުގޮތެއްގައި ފައިގަ މަދިރި ހަފަނީ ނުބައި ވަސް ދުވާތީ ކަމަސް ދިރާސާތަކުން ހާމަވެއެވެ. އެގޮތުން ފައި ދޮވެ ސާފުކޮށްގެން ހުރެ އާއި ފައި ސާފުނުކޮށް ވަނީ މި ދިރާސާ ފުރިހަމަކޮށްފަ އެވެ.

އެހެންކަމުން އަހަރެން ގައިގަ ގިނައިން މަދިރި ހަފަނީ ކީއްވެތޯ އެހުމުން ޖަވާބުދޭން އިނގޭނެ ނޫންތޯއެވެ.

Leave a comment

Your email address will not be published.