Fri, 28 February, 2020, 4:24 am
ދަތް އުނގުޅަން ޖެހޭނީ ކިހާ އިރެއް ވާންދެން؟

ރީތި ހިނިތުންވުމަކަށް ދަތް ހުދުކޮށް ހުރުން ވަރަށް މުހިއްމެވެ. އަދި ދަތުގެ ދުޅަހެޔޮކަމަކީ މީހާ ޒުވާންކަންމަތީ ދެމިހުރުމަށްވެސް ބޭނުންވާ ކަމެކެވެ.

އެގޮތުން ކޮންމެ ހެނދުނަކު ހޭލައި ދަތުގައި ބުރުސް އުނގުޅާލިޔަސް ދަތުގައިހުރި ހަނޑިތައް ފިލައިގެން ދާނެ ކަމުގެ އެއްވެސް ޔަގީން ކަމެއް ނެތެވެ. ނަމަވެސް ކޮންމެ ދުވަހަކުު ވެސް ދަތުގައި ހުންނަ މިލަތައް ފިލުވާލެވޭ ނަމަ ދަތް ހުދުވެ ދަތުގެ ދުޅަހެޔޮކަން އިތުރުކޮށްދެއެވެ.

އެހެން ކަމުން ކޮންމެ ދުވަހަކު ދެފަހަރު ދަތް އުނގުޅަން ޖެހެއެވެ. އަދި ދަތް އުނގުޅަން ޖެހެނީ ކޮންމެ ފަހަރަކުވެސް ދެ މިނެޓް ވާންދެނެވެ. ދެ މިނެޓް އޭ ބުނެލަން ފަސޭހަ ވި ކަމުގައި ވިޔަސް ދެ މިނެޓަށް ސްޓޮޕްވޮޗް ޖައްސައިގެން ދަތް އުނގުޅަން ފެށުމުން އެއީ ވަރަށް ގިނަ އިރުކަން ފާހަގަވާނެ އެވެ. އަދި މިއީ ހަމަ ރަނގަޅު ގޮތް ބާއޭ އަމިއްލަ ނަފްސާ ސުވާލުކޮށްލެވޭނެ އެވެ.

މިކަމަށް ސައިންޓިސްޓުން ގެ ހިޔާލު ހޯދާލީމެވެ. ސައިންސްގެ ހޯދުންތަކުންވެސް އެނގޭ ގޮތުގައި ދަތް އުނގުޅުން އެންމެ އެދެވިގެންވަނީ ދެ މިނެޓަށެވެ. އަދި ދަތުގައި ހުންނަ މިލަތައް ކުޑަކޮށްވެސް ފިލާނީ އެންމެ މަދުވެގެން 30 ސިކުންތް ދަތް އުނގުޅުމުން ކަމަށާއި އެއްކޮށް މިލަތައް ފިލާނީ 30 ސިކުންތާއި 3 މިނެޓުގެ ދެމެދުގައި ކަމަށް ވެއެވެ. އެގޮތުން ކޮންމެ ކައި ގަޑިއެއްގައިވެސް ދަތުގައި އެކި ކަހަލަ ޖަރާސީމު އުފެދި ދަތުގެ ތެރެއަށް ޖަމާވަމުންދާ ކަމަށާއި އެ ތަކެތި ފިލާނީ މަދުވެގެން 2 މިނެޓް ދަތް އުނގުޅުމުން ކަމަށް ސައިންސްގެ ހޯދުންތަކުގައި ވެއެވެ.

Leave a comment

Your email address will not be published.