Fri, 28 February, 2020, 4:22 am
ފަލަ ވެގެން ކުއްޖަކަށް ބުލީ ކުރާނަމަ އެކުއްޖާ އިތުރަށް ފަލަވުން ގާތް

ފަލަވެގެން ކުއްޖަކަށް ބުލީ ކުރުން ނުވަތަ “ހަނގާ” ކުރާނަމަ އެ ކުއްޖާ އިތުރަށް ފަލަވުމުގެ ފުރުސަތު ބޮޑު ކަމަށް ދިރާސާ އަކުން ދައްކައިފި އެވެ.

މެރީލޭންޑްގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް ހެލްތް އަދި ޔުނިފޯމްޑް ސާވިސަސް ޔުނިވާސިޓީ އޮފް ދަ ހެލްތު ސައިންސެސްގެ ސައިސްވެރިން ހޯދި ހޯދުންތަކުން ހާމަވި ގޮތުގައި، އެކަށީގެންވާ ވަރަށް ފަލަ ކުދިންގެ ތެރެއިން ހަނގާގެ ޝިކާރައަކަށް ވެފައި ތިބޭ ކުއްޖެއްގެ ބަރުދަން އަހަރަކު 200 ގުރާމް އިތުރުވެ އެވެ.

އޭގެ ސަބަބެއް ކަމަށް ސައިންސްވެރިން ވިދާޅުވަނީ، އެފަދަ ކުދިންނަށް ބުލީ ކުރުމުގެ ސަބަބުން ގިނައިން ކެއުމާއި ކަސްރަތު ކުރަން ނޫޅުންފަދަ ސިއްހީ ނުރަނގަޅު އާދަތަކަށް ކުއްޖާ ހެއްލިގެންދިއުމެވެ.

އަދި ހަނގާ ކުރުމުގެ ސަބަބުން އެކުދިންވާ ސްޓްރެސްގެ ސަބަބުން ބަރުދަން ލުއިކޮށްދޭ، ހޯމޯން ކޯޓިސޮލް ހަށިގަނޑަށް ދޫވާ މިންވަރު އިތުރުވެގެންދާ ކަމަށް ވެސް ދިރާސާއިން ދައްކަ އެވެ.

ޕެޑިއެޓްރިކް އޮބީސިޓީގައި ޝާއިއު ކޮށްފައިވާ މި ދިރާސާ ހެދުމަށް އުމުރުން 11 އަހަރުގެ 110 ކުދިން ސައިންސްވެރިން ބޭނުންކުރިއިރު، އޭގެ ތެރޭގައި ހިމެނެނީ ދިރާސާ ހެދުމުގެ ކުރިން ވެސް ބަރުދަން ލުއި ކުދިންނާއި ނުވަތަ އެކަށީގެންވާ ވަރަށް ވުރެ ފަލަކޮށް ނުވަަތަ އޮބީސްކޮށް ތިބޭ ބެލެނިވެރިންގެ ކުދިން ނެވެ.

ފަނަރަ އަހަރުގެ މުއްދަތަކަށް ކުރިއަށްދިޔަ އެ ދިރާސާގައި މައުލޫމާތު އެއްކުރި ކުދިންނަށް އެކުދިން ފަލަވުމުގެ ސަބަބުން ހަނގާ ކުރޭތޯ ބަލައި އެކަމުގެ ސަބަބުން ހަށިގަނޑަށް އަންނަ ބަދަލުތައް އަހަރުން އަހަރަށް ވަނީ ބަލަހައްޓައިފަ އެވެ.

އެގޮތުން ދިރާސާގައި ބައިވެރިވި ކުދިންގެ ތެރެއިން 43 ޕަސެންޓް ކުދިންނަށް އެކުދިން ފަލަވުމުގެ ސަބަބުން ހަނގާ ކޮށްފައިވާ ކަމަށް ވަނީ ބުނެފަ އެވެ.

“ފަލަވުމުގެ ސަބަބުން ހަނގާ ކުރުމުގެ ސަބަބުން ދިމާވާ ނުރައްކާތެރި ކަންތައްތައް އާންމުންނަށް އޮޅުންފިލުވައި ދިނުމަށް އަބަދުވެސް މަސައްކަތް ކުރަންޖެހޭ. އަދި ހަނގާގެ ޝިކާރައަކަށް ވެފައިވާ ފަލަ ކުދިންނަށް އިތުރު އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ،” ދިރާސާ ހެދި ސައިންސްވެރިން ވިދާޅުވެފައިވެ އެވެ.

Leave a comment

Your email address will not be published.