ނަސްވާ ހަސަން
21 June 2019
މަޤްބޫލު ޙަބަރު

ފަލަވުމުގެ ސަބަބުން ގައިގާ ގިނަ އަދަދަކަށް ސަރުބީ އުފެދެ އެވެ. އެގޮތުން އެ ސަރުބީތައް ވިރުވާލަށް ގިނަ ބަޔަކު ކަސްރަތުކޮށް ޑައިޓްތަކެއް ކުރެ އެވެ. ނުރަނގަޅު ނަމަވެސް މީރު ކާ އެއްޗިއްސަށް ދެވި ހިފާފައި ހުރުމުގެ ސަބަބުން އެކަން ވެގެންދަނީ ބުރަ މަސައްކަތަކަށެވެ. ހިތާ ދެކޮޅަށް ކުރަންޖެހޭ ހަނގުރާމައަކަ ށެވެ. އެހެންކަމުން “ޗީޓް” ދުވަސްތައް ގިނަވެ، ނަތީޖާ ފެންނަން ވެސް ގިނަ ދުވަސް ވެގެންދެ އެވެ.

ނަމަވެސް މިކަމުގައި ވެސް ފަސޭހަ ހައްލެއް އެބައޮތެވެ. ޑައިޓަކަށް ނުގޮސް، ނުވަތަ ބުރަ ކަސްރަތު ނުކޮށް ވެސް ސަރުބީ ވިރުވާލަން އޮތް ގޮތަކީ މި ބުއިމެކެވެ.

ސިއްހީ މާހިރުން ބުނާ ގޮތުން، މި ބުއިމަކީ ނިދަން ވުމުގެ ކުރިން ބުއިމުން ނިދާފައި އޮންނަ ވަގުތު ސަރުބީތައް ވިރުވައިދޭ ބުއިމެކެވެ. އެއީ އެ ބުއިމުގައި ބަރުދަން ލުއިކޮށްދީ، ދުޅަހެޔޮ ސިއްހަތަކަށް މުހިއްމު ކާނާ ހިމެނޭތީ ކަމަށް ސިއްހީ މާހިރުން ބުނެ އެވެ.

މި ބުއިން ތައްޔާރުުކުރަން ބޭނުންވާނީ، އެއް ލުނބޯ، އެއް ކިއުކަންބާ، އެއް މޭޒުމަތީ ސަމުސާ އިގުރު، އެއް މޭޒުމަތީ ސަމުސާ އެލޯވިރާ ދިޔަ އަދި ފެން ތައްޓެކެވެ.

މި ބުއިން ތައްޔާރު ކުރާނެ ގޮތަކީ، ހުރިހާ އެއްޗެއް މިސްކްޗަރަށް އަޅާ ރަނގަޅަށް ހިމުން ކޮށްލާށެވެ. އަވަހަށް ނަތީޖާއެއް ބޭނުންވާނަމަ މީގެން ބައިތަށި ބުއިމަށްފަހު ފުރިޖްކޮށްފައި ހެނދުނު ހޭލައި ބާކީ ހުރިބައި ބޯލާށެވެ. މީގައި އެކުލެވެނީ ބަރުދަން ލުއިކޮށްދިނުމަށް އެހީވެދޭނެ އެންމެ މުހިއްމު މާއްދާތަކެވެ.

އެގޮތުން އިގުރުގެ ސަބަބުން ހަށިގަނޑުގައި މެޓަބޮލިޒަމް ރޭޓް އިތުރުކޮށްދީ ސަރުބީ ވިރުވައި ދިނުމަށް އެހީވެދޭއިރު، އެލޯވިރާ ދިޔައިން ހަށިގަނޑުގެ ދުޅަހެޔޮކަން އިތުރުކޮށްދީ، ކާނާ ހަޖަމުކޮށްދެ އެވެ.

އަދި ކިއުކަންބާގައި ގިނަ އަދަދަކަށް ފެން ހިމެނޭތީ، އޭގައި ކެލޮރީސް އެކުލެވޭ މިންވަރު ވެސް މަދުވާއިރު، ލުނބޯގައި ވިޓަމިން ސީ އެކުލެވޭ މިންވަރު އިތުރު ވުމުގެ ސަބަބުން ހަށިގަނޑަށް ހަކަތަ ލިއްބައިދީ، ބަރުދަން ލުއިކޮށްދިނުމަށް އެހީވެދެ އެވެ.

އެހެންކަމުން ކޮންމެ ރެއަކު ނިދުމުގެ ބައި ގަޑިއިރެއްހާ ކުރިން މި ބުއިން ބޯށެވެ. ހަފްތާއެއްގެ ތެރޭގައި ތަފާތު ފާހަގަ ވާނެ އެވެ.

Leave a Reply

Your email address will not be published.

haftha.mv ©