Fri, 28 February, 2020, 4:14 am
ލޭ މައްޗަށް ދާ މީހުންނަށް، މިއީ އެއްވަނައިގެ ހައްލެއް

ލޭ މައްޗަށް ދިއުމަކީ މިހާރު ރާއްޖޭގައި ވެސް ވަރަށް އާންމުކަމެވެ. އެގޮތުން ލޭ މައްޗަށް ދަނީ ހަށިހަނޑުގައި ދޭ ދައުރުވާ ނާރުތަކުގައި ލޭ ގަނޑުވެ، ބުލޮކްވުމުގެ ސަބަބުން ލޭ ދައުރުނުވެ ހުރުމުންނެވެ.

ލޭ ނާރުތައް ބޮލޮކްވާން ދިމާވާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ސިގިރޭޓު ބުއިން، ހަކުރު ބަލި، ކަންކަމާމެދު ވިސްނުން، ކަސްރަތުނުކޮށް ގިނަދުވަސްވުން އަދި ފަލަވުން ހިމެނެއެވެ. އަދި ލޭ މައްޗަށް ދިއުމަކީ ހައްލުނުވެ، ދާއިމީކޮށް ބޭނުންކުރާ ބޭހަކަށްވެސް ވެގެންދެއެވެ. އެގޮތުން މިއީ ލޭ މައްޗަށް ދާ ފަރާތްތަކުން، ބޭނުންކުރާނެ ގުދުރަތީ ހައްލެކެވެ.

ބުއިން ތައްޔާރު ކުރުމަށް ބޭނުންވާނީ، އެއް ޖޯޑު ލޮނުމެދު ދިޔަ، 1 ޖޯޑު އިނގުރު ދިޔަ، 1 ޖޯޑު ލުނބޯ ދިޔަ، 1 ޖޯޑު އެޕަލް ސިޑާ ވިނެގާ އަދި 2 ޖޯޑު މާމުތެވެ.

ތައްޔާރުކޮށްލުމަށް، ލުނބޯ، އިނގުރު، ލޮނުމެދު، އެޕަލް ސިޑާ ތަވަޔަކަށް އަޅާ ކައްކާލާށެވެ. އަދި ތަވާ އުނދުން މަތިން ނަގާ ހިހޫކޮށްލުމަށް ބަހައްޓާށެވެ. އަދި ރަނގަށް ހިހޫ ވުމުން، 2 ޖޯޑު މާމުއިތް އަޅާ އެކުލައްވާލުމުން ތައްޔާރުވީއެވެ. މި ބުއިން ބޭނުންކުރާނީ ކޮންމެ ކާ ގަނޑިއެއްގެ 30 މިނެޓް ކުރިން ހުސްބަނޑާ ހުރެއެވެ.

އެގޮތުން ހެނދުނާއި މެންދުރު އަދި ރޭނގަޑު ކެއުމުގެ ކުރިން، މީގެ 1 މޭޒުމަތީ ސަމުސާ ބޯލާށެވެ. މިއީ 2 މަސްދުވަސް ވަންދެން އަލާމާރީގައި ރައްކާކުރެވޭނެ އެއްޗެކެވެ. އަދި ކޮންމެ ދުވަހަކު ބޭނުންކުރުމުން ހަފްތާއެއްގެ ތެރޭގައި ލޭގެ ޕްރެޝަރު ދައްކޮށްދޭނެ އެވެ.

ލޮނުމެދުން ބުލޮކްވެފައި ހުންނަ ލޭ ނާރުތައް ރަނގަޅުކޮށް ކޮލެސްޓްރޯލް ލެވެލް ދަށްކޮށްދޭއިރު އިނގުރުން ހަށިގަނޑުގައި ހަކަތަ ލިއްބައިދީ، ހިތުގެ ބަލިތަކުން ދުރުކޮށްދޭނެ އެވެ. އަދި ލުނބޯއިން ލޭ ދައުރުކޮށްދީ ހިތުގެ ދުޅަހެޔޮކަން އިތުރުކޮށްދެއެވެ. އޭގެ އިތުރުން ވިޓަމިންސް އާއި މިނަރަލްސްއިން ފުރިފައިވާ އެޕަލް ސިޑާއިން ލޭ ސާފުކޮށްދޭއިރު، މާމުތުން ލޭގައި އުފެދޭ ބެކްޓީރިއާތައް ނައްތާލައެވެ.

ފައިދާހުރި މާއްދާތައް އެކުލެވޭ މިބުއިން ބޭނުންކުރަމުން، ޑޮކްޓަރު ބޭސް ބޭނުންކުރަންވާނެ އެވެ. އަދި ޕްރެޝާ ބެލުމަށްފަހު ޑޮކްޓަރު ބޭސް ހުއްޓާލާނީ، ޑޮކްޓަރުގެ ލަފައަކާ އެކުގަ އެވެ.

Leave a comment

Your email address will not be published.