މުޙައްމަދު އިބްރާހިމް
24 June 2019
މަޤްބޫލު ޙަބަރު

ރޭގަނޑު އަވަހަށް ނިދާ ފިރިހެނުންގެ ދަރިފަނީގެ ކޮލިޓީ ރަނގަޅުވެ، އޭނާގެ ފަރާތުން ދަރިން ލިބުމުގެ ފުރުސަތު އިތުރު ކޮށްދޭ ކަމަށް ސައިންސްވެރިންތަކެއް ހެދި ފަހުގެ ދިރާސާއަކުން ދައްކައިފި އެވެ.

ޑެންމާކުގެ އާހުސް ޔުނިވާސިޓީގެ ސައިންސްވެރިންތަކެއް ހެދި ދެ އަހަރު ދުވަހުގެ އެ ދިރާސާގައި އުމުރުން 34 އަހަރުން މަތީގެ 104 ފިރިހެނުންގެ ނިދުމާއި އެމީހުންގެ ދަރިފަނީގެ ސާމްޕަލް އެނަލިސިސްއާ އަޅާ އަޅާ ކިޔާފައިވެ އެވެ.

ދިރާސާގެ ނަތީޖާ ދައްކާގޮތުގައި، ރޭގަނޑު 11:30 ނުވަތަ އޭގެ ވެސް ލަހުން ނިދާ ފިރިހެނުންނަށް ވުރެ ރޭގަނޑު 10:30 ގެ ކުރިން ނިދާ ފިރިހެނުންގެ ދަރިފަނީގެ ކޮލިޓީ ހަތަރު ގުނަ ރަނގަޅު ކޮށްދެ އެވެ.

އަދި ރޭގަނޑުގެ އަށް ގަޑިއިރުގެ ނިދި ލިބޭ ފިރިހެނުންނަށް ވުރެ ދުވާލަކު ހަތް ގަޑިއިރަށްވުރެ މަދުން ނިދި ލިބޭ ފިރިހެނުންގެ ދަރިފަނީގެ ސިއްހަތު ހަ ގުނަ ނިކަމެތި ކަމަށް ވެސް އެ ދިރާސާއިން ވަނީ ދައްކައިފަ އެވެ.

ފާޓަލިޓީ މާހިރުން ގަބޫލުކުރާ ގޮތުގައި، މީގެ ސަބަބަކީ ރަނގަޅަށް ނިދި ނުލިބުމުގެ ސަބަބުން އިމިއުން ސިސްޓަމް ނުވަތަ އިންސާނުންގެ ހަށިގަނޑުގެ ދިފާއީ ނިޒާމަށް އޭގެ ނޭދެވޭ އަސަރުތަކެއް ކޮށް، އޯވާރިއެކްޓް ކުރަން ފަށައި، ދުޅަހެޔޮ ދަރިފަނިތަކަށް ހަމަލާދޭތީ އެވެ.

އަދި ރަނގަޅަށް ނިދި ނުލިބުމުން ފިރިހެނުންނަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ސްޓްރެސްއާ ކުރިމަތިވެ، އެކަމުގެ ސަބަބުން ވެސް ދަރިން ލިބުމުގެ ފުރުސަތު ކުޑަ ކޮށްދޭ ކަމަށް މާހިރުން ބުނެ އެވެ.

އެހެންކަމުން ކުއްޖަކު ހޯދަން މަސަައްކަތްކުރާ ދެމަފިރިން ރޭގަނޑު ނިދާ ގަޑީގައި ފޯނާ ކުޅުމާއި ނެޓްފުލިކްސް ނުވަތަ ފިލްމު ބަލަން ތިބުން ނުވަތަ ލަސް ވަންދެން ކޮފީގައި ތިބުންފަދަ ރޭގަނޑުގެ ނިދިން މަހުރޫމް ކުރުވާ ކަންކަމަށް ސަމާލުވުމަށް މާހިރުން ލަފާ ދެއްވަ އެވެ.

Leave a Reply

Your email address will not be published.

haftha.mv ©