Fri, 28 February, 2020, 5:23 am
ބިރުވެރި ފިލްމެއް ބެލުމަށްފަހު ނިދަން ހަދާނީ މިހެން!

ނިދާ ގަޑި ކައިރިވެފައި އޮއްވާ ބިިރުވެރި ފިލްމެއް ބަލައިފި ނަމަ، އެ ދުވަހު ނިދުމަށް ވަރަށް އުނދަގޫވެއެވެ. އަބަދު އެ ފެނުން މަންޒަރުތައް ހަނދާންވެ، ކައިރީގައި އެފަދަ އެއްޗެއް އުޅޭ ހެން ހީވާ ކަހަލަ އެވެ. އަދި ނިދުމަށްފަހު ހުވަފެނުން އެ މަންޒަރުތައް ފެންނާނެތީ، ނުނިދަން އޮންނަ ފަހަރުވެސް އާދެއެވެ. އެގޮތުން މިއީ އެ ބިރުވެރިކަމުން ސަލާމަތްވާން ކުރެވިދާނެ ކަންކަމެވެ.

ބިރުވެރި ފިލްމަކަށްފަހު އެކަނި ނިދަން އޮށޯއޮތުމުގެ ބަދަލުގައި، ކައިރީގައި ދަރިފުޅު ބާއްވައިގެން ނިދިދާނެ އެވެ. އެއީ ހިޔާލުތަކުން ދުރުކޮށްދީ ނިދުމަށް ފަސޭހަ ކޮށްދޭނެ ކަމެކެވެ.

އާންމުކޮށް ކޮޓަރިތެރެ އަދިރިކޮށްގެން ނިދާކަމުގައި ވިޔަސް، ދެ ދުވަހެއް ވަންދެން ކޮޓަރިތެރެ އަދިރި ކޮށްގެން ނުނިދާށެވެ. އަދި އެކަނި ނިދަން ޖެހިއްޖެ ނަމަވެސް އަލިގަދަ ކޮށްލުމުން، ބިރުވެރިކަން ދުރުކޮށްދިނުމަށް އެހީވެދޭނެ އެވެ. އޭގެ އިތުރުން އެހެން ކަމަކަށް ސަމާލުކަން ދިނުމަށް ލަވައެއް ނުވަތަ މަޖާ ވީޑިއޯ އެއްވެސް ބަލާލެވިދާނެ އެވެ.

ނަމަވެސް މި ދެ ކަންތަކުގެ ތެރެއިންވެސް އެންމެ ފަސޭހައިން ނިދޭނެ ގޮތަކީ، ދެތުވެ ވުޟޫ ކޮށްލައިގެން ދެ ރަކުއަތުގެ ސުންނަތް ނަމާދެއް ކޮށްލުމުންނެވެ. އަދި ކުރުސި އާއި ޝަހާދަތް ކިޔާ ކުރު ސޫރަތްތަކެއް ކިޔާފައި ނިދަން މަސައްކަތް ކުރާށެވެ. އޭގެ އިތުރުން ފޯނުން ޤުރުއާން ޖަހައިގެންވެސް ނިދުމަކީ ހިތަށް ފަސޭހަކަން ގެނުވާ ކަމެކެވެ. ދެން ބިރުވެރި ހުވަފެނެއް ނުފެނި ނިދޭނެކަން ޔަގީނެވެ.

Leave a comment

Your email address will not be published.