ނަސްވާ ހަސަން
03 July 2019
މަޤްބޫލު ޙަބަރު

ދިރިއުޅުމުގައި ދިމާވާ ހުރިހާ ރައްޓެހިިންނަކީ އެންމެ ގާތް، އެންމެ ރަނގަޅު ރަހުމެއްތެރިން ކަމުގައި ނުވެދާނެ އެވެ. އިތުބާރުކޮށް ވާހަކަ ހިއްސާ ކުރެވޭ ރައްޓެހިންނާއި ވާހަކަ ހިއްސާ ނުކުރެވޭ ފަދަ މީހުންވެސް ތިބޭނެ އެވެ. އެހެންކަމުން މިއީ ނުރަނގަޅު ރައްޓެހިންގެ ކިބައިގަ ހުންނާނެ ބައެއް ސިފަތަކެވެ.

ވާހަކަ އެއް ހިއްސާކުރުމުން އެކަމަށް ސަމާލުކަން ނުދީ، އަބަދު އޭނާ ބޭނުންވާ ވާހަކަތައް ކިޔާކަން ފާހަގަވޭ ހެއްޔެވެ؟ ރަނގަޅު ރައްޓެހިންނަކީ ހިއްސާކުރާ ވާހަކަ އަޑުއަހާ، އެކަމަށް ފާޑުކިޔާ، ކަންތައް ކުރަންވީ ގޮތް ކިޔައިދޭ މީހުންނެވެ. އެއާ ހިލާފަށް އަބަދު އޭނާއަށް “އެޓެންޝަން” ނުވަތަ ސަމާލުކަންދޭން ޖެހޭނަމަ އެއީ އިތުބާރު ކުރެވޭ މީހުނެއް ނޫނެވެ.

އުފަލުގައި އުޅޭތީ ހަސަދަވެރިވެ، ހިތާމަވެރި ވަގުތުތަކުގައި އެކަނި ކޮށްލާފަ އިތުރު ހިތާމައެއް ދޭ ރަހުމެއްތެރިން ވެސް އުޅެ އެވެ. އެއީ ވިހަގަދަ ހަރުފައެއް ފަދަ ބައެކޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. އުފާވެރި ވާހަކައެއް ހިއްސާކުރުމުން އެކަންކަމާއި ހަސަދަވެރިވާކަން މޫނުމަތިން ދެނެގަނެވޭނެ އެވެ. އަދި އެފަދަ މީހުން މަސައްކަތް ކުރާނީ އެ އުފާތަކަށް ވިހަލައި އެކަމެއް ރޫޅާލާ ށެވެ. އަދި އިތުބާރުކޮށްފައި ބުނާ ވާހަކަ އެއް، އެހެންމީހުންނާއި ހިސާބަށް ދާނީ ވެސް ގިނަ ފަހަރަށް އެކީގައި އުޅޭ އެފަދަ ރައްޓެހިންގެ ސަބަބުން ނެވެ.

ކޮންމެ މީހެއްގެ ވެސް ބައިވަރު ރައްޓެހިން ތިބޭނެއެވެ. އެންމެ ގާތް ބެސްޓް ފުރެންޑްގެ ވެސް އޮފީސް ރައްޓެހިންނާއި އިތުރު މީހުން އުޅޭނެ އެވެ. އެގޮތުން އޭނާ އޮފީހުގައި އެންމެ ގާތްކޮށް އުޅޭ މީހާ ނުވަތަ އާއިލާ މީހަކު އިތުބާރުކޮށްފައި ކިޔައިދޭ ވާހަކަތައް ހިއްސާކޮށް، އޭނާގެ ނުބައި ވާހަކަތައް ކިޔާ އަބަދު އީބަ ބުނެ އުޅޭނަމަ، އެމީހަކަށް އިތުބާރު ކުރުމަކީ ކުރެވޭނެ މޮޔަ ކަމެކެވެ. ތިމާގެ އަމިއްލަ ވާހަކަތައް އޭނާ އެހެން މީހުން ކައިރި ނުކިޔަ ހުންނާނެ ކަމުގެ ޔަގީންކަން އެބައޮތް ހެއްޔެވެ؟

މިފަދަ ކަންކަން އަވަހަށް ދެނެގަނެވިއްޖެ ނަމަ، ފަހުން ދިމާވާ ދެރައަކުން ސަލާމަތްވެ، ރަނގަޅު ރައްޓެހިންނާއިއެކު ގުޅުން ބަދަހި ކުރަން އެނގޭނެ އެވެ.

Leave a Reply

Your email address will not be published.

haftha.mv ©