ނަސްވާ ހަސަން
13 July 2019
މަޤްބޫލު ޙަބަރު

ބައެއް ސަބަބުތަކާއިހުރެ ބޮޑެތި މީހުން ފަދައިން ތުއްތު ކުދިންގެ ބޮލުގައިވެސް ހަންފޮޅެއެވެ. ތުއްތު ކުދިންގެ ހަންގަނޑު ވެސް ނާޒުކުވާ ފަދައިން އެކުދިންނަށް ބޮޑަށް އަޅާލުން ދޭންޖެހޭނެއެވެ. އަދި ގިނަ ފަހަރަށް އެކުދިންގެ ބޮލުގައި ހަންފޮޅެން މެދުވެރިވަނީވެސް، އަޅާލަންޖެހޭ ވަރަށް އަޅާލުން ނުދެވުމުންނެވެ. އެގޮތުން މާ ގިނައިރު ތުއްތު ކުދިން އަވީގަ ގެންގުޅުން، ނުގުޅޭ ޝޭންޕޫއެއް މާގިނައިން ބޭނުންކުރުމުގެ އިތުރުން ބޯ ރަނގަޅަށް ނުދޮވުމުގެ ސަބަބުންނެވެ.

ތުއްތު ކުދިންގެ ޝޭންޕޫއާއި ރީތިވާ ސާމާނު އެކި ބުރޭންޑްތަކުން ގެންގުޅުމުގެ ބަދަލުގައި އެއް ބުރޭންޑެއްގެ އެއްޗެހި ބޭނުންކުރުމަށް އާދަކުރާށެވެ. ނަމަވެސް ހަފްތާއަކު ގެންގުޅުމުން އެކުދިންގެ ހަމާއި އެތަކެތި ނުގުޅޭނަމަ ބަދަލުކުރުމަށް ސަމާލުވާށެވެ.

ހަންފޮޅުން މަދުކުރުމުގެ ގޮތުން، އެކުދިން ފެންވަރުވާއިރު، ބައިވަރު ޝޭންޕޫ އުގުޅައިފަ ނުދޮވެ ގިނައިރު ނުބަހައްޓާށެވެ. ބޮލުގައި ޝޭންޕޫތައް ހިކުމަކީ ހަންގަނޑު ކުރަކިވެ، ހަންފޮޅުމަށް މަގުފަހިވާ ކަމެކެވެ. އަދި ޝޭންޕޫ ބޭނުންކޮށްގެން ކޮންމެ ދުވަހަކު އެއްފަހަރަށްވުރެ ގިނަފަހަރު ބޯ ނުދޮއްވާށެވެ. ހަމައެފަދައިން ބައެއް ކުދިންގެ އިސްތަށިގަނޑު ހަރުކޮށް ނުވަތަ ބުޅިކޮށް ހުރުމުގެ ސަބަބުން އިސްތަށިގަޑު މަޑުކޮށްލަން ކޮންޑިޝަނާއުގުޅައެވެ. ނަމަވެސް ކޮންޑިޝަނާގައި އެކުލެވޭ މާއްދާތަކަކީ އެކުދިންގެ ނާޒުކު ހަނގަޑާއި ނުގުޅޭ އެއްޗެއްސެވެ. އެތަކެތި ބޭނުންނުކުރާށެވެ.

ގިނައިރު އަވީގައި ގެންގުޅުމުގެ ސަބަބުން އެކުދިން ބޮލުގެ ހަން ކުރަކިވެއެވެ. އެގޮޮތުން ރަނގަޅަށް ބޯ ދޮއްވުމަށްފަހު، . ބޭބީ ތެޔޮ ނުވަތަ ގުދުރަތީ ކާށިތެޔޮ ހޭކުމަށްފަހު އިނގިލިތަކުގެ ކުރިން މަސާޖުކޮށްލާށެވެ. އަދި މަޑު ފުނަލަކުން ފުނާއަޅުވާލާށެވެ. އޭގެ އިތުރުން އެކުދިންގެ ބޮލުގެ އިސްތަށިގަނޑު ހިކުނަ ނުދީ، ގަވައިދުން މޮއިސްޗަރައިސް ކުރުމަށް އާދަކުރާށެވެ. ނަމަވެސް ދެ ހަފްތާ ވުމުންވެސް ހަންފޮޅުން ރަނގަޅުނުވާނަމަ، ޑޮކްޓަރުގެ ލަޕާ ހޯދާށެވެ.

Leave a Reply

Your email address will not be published.

haftha.mv ©