މުޙައްމަދު އިބްރާހިމް
28 October 2019
މަޤްބޫލު ޙަބަރު

މޭބިސްކަދުރަކީ ހުތް ފޮނި ރަހަ އެއް ހުންނަ ބައެއް އެވޭލާ ސަގާފަތްތަކުގައި ހާއްސަ ކަމެއް ދިން މީރު މޭވާއެކެވެ. މިއީ ހުހަށް ކެއުމުގެ އިތުރުން ޖޫހާއި ޖެލީ އަދި ސެލެޑް ފަދަ ތަކެތި ތައްޔާރުކުރަން ބޭނުންކުރެވިދާނެ މޭވާއެކެވެ.

އަދި މިއީ ސިއްހަތަށް ވެސް ގިނަ ފައިދާތަކެއް ލިއްބައިދޭ މޭވާއެކެވެ. އެގޮތުން ތަފާތު ވައްތަރާއި ކުލަތަކުގެ މޭބިސްކަދުރު ހުންނައިރު، ލިޔުންތަކުގައި މޭބިސްކަދުރު ސިފަކޮށްފައިވަނީ “މޭވާތަކުގެ ރާނީ”ގެ ގޮތުގައެވެ.

މި ލިޔުމުގައި އެފަދަ ބައެއް ކަންކަމަށް ބަލައިލާނަމެވެ.

ހިތުގެ ބަލިތައް: މޭބިސްކަދުރު ބޭނުން ކުރުމުން އޭގައި އެކުލެވޭ “ރެސްވެރެޓްރޯލް”ގެ ސަބަބުން، ލޭގައި “ނައިޓްރިކް އޮކްސައިޑް”ގެ މިންވަރު އިތުރުވެއެވެ. ނައިޓްރިކް އޮކްސައިޑް އަކީ ލޭހޮޅި ފުޅާކޮށްދޭ މާއްދާއެކެވެ. މިއީ ލޭގެ އާރުގެ ތެރޭގައި ގަނޑު ލޭކޮޅު ނުވަތަ ބްލަޑް ކްލޮޓް އުފެއްދުމަށް ހުރަސް އަޅައި، ހާޓް އެޓޭކެއް ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭ ކަމެކެވެ.

މީގެ އިތުރުން މޭބިސްކަދުރުގައި ހިމެނޭ އެންޓިއޮކްސިޑެންޓަކީ ލޭގައި ހިމެނޭ ނުރަނގަޅު ކޮލެސްޓްރޯލް އޮކްސިޑޭޓްވުމަށް ހުރަސް އަޅާ މާއްދާއެކެވެ. ނުރަނގަޅު ކޮލެސްޓްރޯލް އޮކްސިޑޭޝަން ކުރިމަތިވެގެން މެނުވީ ލޭހޮޅިތަކުގެ އެތެރޭގައި ސަރުބީޖަމާވެ، ލޭހޮޅިތައް ބެދިގެނެއް ނުދާއެވެ.

ދިރާސާތަކުން ހޯދިފައިވާ ގޮތުގައި މޭބިސްކަދުރު ބޭނުންކުރުމުން ލޭގެ ޕްރެޝަރު ކޮންޓްރޯލް ކޮށްދީ ހަށިގަނޑުގެ ސަރުބީގެ މިންވަރު ދަށްވެއެވެ. އޭގެ އިތުރުން ލޭގެ ތެރޭގައި ރިއެކްޓިވް އޮކްސިޖަން މޮލިކިޔުލްގެ މިންވަރު ދަށްވެ، ލޭހޮޅީގެ ފާރުގައި ސެލްތައް ހަރުލުމުގެ ފުރުސަތު ދަށް ކުރުން ފަދަ ފައިދާތައް ލިބެއެވެ.

ހިތުގެ ބަލިތަކުގެ އިތުރުން މޭބިސްކަދުރަކީ ބަނޑުހިކި ފާޚާނާ ނުކުރެވި ގިނަ ދުވަސްވާނަމަ އެކަން ހައްލުކުރުމަށް ވެސް ކާން ރަނގަޅު މޭވާއެކެވެ. އެގޮތުން މޭބިސްކަދުރުގައި އޯގަނިކް އެސިޑް، ހަކުރު، އަދި ސެލިއުލޯސް އެކުލެވުމުގެ ސަބަބުން މޭބިސްކަދުރާއި، މެދު ބެލެވެނީ “ބަނޑު ސާފުކޮށްދޭ ކާނާއެއްގެ ގޮތުގައެވެ.

އޭގެ އިތުރުން ކާނާ ހަޖަމުނުވުން ރަގަޅުކުރުމުގައި މުހިއްމު ދައުރެއް މޭބިސްކަދުރު އަދާކުރެއެވެ. އެގޮތުން މޭބިސްކަދުރު ބޭނުންކުރުމުން، ހަޖަމުވުން ރަގަޅުވެ، މައިދާގެ މަސައްކަތްތަކަށް ދިރުން ގެނެސްދެއެވެ.

Leave a Reply

Your email address will not be published.

haftha.mv ©