Wed, 3 June, 2020, 5:57 pm
ސައިމާ ސައި: މައްސަރު ތަދަށާއި ބަރުދަން ލުއި ކުރުމަށް އެއްވަނަ!
384

ތަފާތު ވައްތަރުގެ ސައި ބުއިމަށް ޝައުގުވެރިވާ މީހުންނަށް ހައިބިސްކަން ސަޔަކީ މަޝްހޫރު ބުއިމެކެވެ. ރޮސޭލާ ގަހުގެ މަލުން ތައްޔާރުކުރާ މި ސަޔަކީ އެތައް ގިނަ ސިއްހީ ފައިދާތަކެއް ލިއްބައިދޭ، ހިތި ރަހައެއް ހުންނަ ސައެކެވެ. އަދި މި ސައި ތައްޔާރު ކުރުމުން ހުންނާނީ ރޫބީ ރަތް ކުލައެއްގައެވެ.

އޭގެ އިތުރުން ކެފެއިން ނުހުންނަ މި ބުއިމަކީ ވިޓަމިން ސީ އިން މުއްސަނދި އަދި ލޯ ކެލޮރީއެއް ހިމެނޭ އެންޓި އޮކްސިޑެންޓްސް ގިނަ ބުއިމެކެވެ. އެހެންކަމުން މި ލިޔުމުގައި މި ބަލާލަނީ ހައިބިސްކަސް ސައިން ލިބޭ ބައެއް ފައިދާތަކަށެވެ.

ކޮލެސްޓްރޯލް މެނޭޖްކޮށްދީ ލޭގެ ޕްރެޝަރު ތިރިކޮށްދޭ

ހައިބިސްކަން ސަޔަކީ ކެލޮރީސް މަދު އަދި ކެފެއިން މަދު ބުއިމެއްކަމުން ހަށިގަނޑުގައި ހުންނަ ކޮލެސްޓްރޯލްގެ މިންވަރު ދަށްކޮށްދެއެވެ. އަދި އެ ބުއިމުގައި ހުންނަ ހައިޕޯލިޕިޑެމިކް ޕްރޮޕަޓީސްތަކުގެ ސަބަބުން ލޭގައި ހަކުރުގެ މިންވަރު މަތިކޮށް ހުންނަ މީހުންނަށް ވެސް ފައިދާތަކެއް ލިއްބައިދެއެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި ހައިބިސްކަސް ސައި ބުއިމުން ލޭގެ ޕްރެޝަރު ދަށްކޮށްދީ، ހިތުގެ ބަލިތަކާއި ސްޓްރޯކް އަދި ހިތާއި ލޭ ނާރުތަކުގެ ބަލިތައް ޖެހުމުން ދުރުކޮށްދެއެވެ.

ފުރަމޭ ރައްކާތެރިކޮށްދޭ

ހައިބިސްކަސް ސައި ގައި ހިމެނޭ ގިނަ އަދަދެއްގެ އެންޓިއޮކްސިޑެންޓުގެ ސަބަބުން ހަށިގަނޑުގައި ހިމެނޭ ނުރަނގަޅު މާއްދާތައް މަދުކޮށްދޭ އެ މާއްދާތަކުން ބަލިތައް ޖެހުމުން ރައްކާތެރިކޮށްދެއެވެ. އަދި ދިރާސާތަކުން ދައްކާ ގޮތުގައި ހައިބިސްކަސް ސައިގައި ހިމެނޭ އެންޓިއޮކްސިޑެންޓުތަކުން ފުރަމޭ (ލިވާ)ގެ ބަލިތައް ރަނގަޅު ކޮށްދިނުމަށް ވެސް އެހީވެދެއެވެ.

މައްސަރުގެ ތަދުތަކަށް ވެސް ހައްލެއް

ހައިބިސްކަސް ސައި ބުއިމުން ހަށިގަނޑުގައި ހޯމޯނަލް ބެލެންސް ގާއިމުކޮށްދީ މައްސަރު ދުވަސްކޮޅު އަންނަ ތަދުތަކާއި މޫޑް ރަނގަޅުކޮށްދީ އަދި ޑިޕްރެޝަން ބޮޑު ތަނުން ކުޑަކޮށްދެއެވެ.

މި ބުއިމުން ޔުޓެރަސް އަށް ނުވަތަ ދަށްބަނޑަށް ލޭ ދައުރުވާން ފަސޭހަކޮށްދޭއިރު، އަންހެނަކަށް މިއީ “ސުޕަ ފުޑް” އަކަށް ވީނަމަވެސް މި ސަޔަކީ ބަނޑު ބޮޑު މީހުން ބޮއެގެން ވާނޭ އެއްޗެއް ނޫނެވެ.

ބަރުދަން ލުއިކޮށްދިނުމަށް އެހީއެއް

ބަރުދަން ލުއިކުރަން ހަދާ ކެއުމުގެ ޕްލޭންތަކުގައި ވަރަށް ގިނައިން ހައިބިސްކަސް ސައި ހިމަނާފައި ހުންނާނެއެވެ. ސަބަބަކީ މި ބުއިމުގައި ކާބޯހައިޑްރޭޓްސް އަދި ސްޓާޗް ދަމައިގަތުމަށް އެހީވެދޭ ޕްރޮޕަޓީއެއް ހިމެނޭތީއެވެ.

އެގޮތުން ކާބޯހައިޑްރޭޓްސް އިން މުއްސަނދި ކާނާއަކީ ގިނަ އަދަދެއްގެ ހަކުރާއި ސްޓާޗް ހުންނަ ކާނާ ކަމުން މި ކާނާ ކެއުމުން ބަރުދަން އިތުރު ކޮށްދެއެވެ. ނަމަވެސް ހައިބިސްކަސް ސައި ބުއިމުން އެ ޕްރޮސެސް ހުއްޓުވައިދެއެވެ. އަދި މި ބުއިން ބުއިމުން ކެއުން މަދުކޮށްދީ އަދި އަބަދު ބަނޑުހައިވެފައި ހުންނަ ހުރުން މަދުކޮށްދެއެވެ.

ޑިޕްރެސްވުން ފިލުވާލަދޭ

ހައިބިސްކަން ސައި ގައި ހުންނަ ފްލެވޮނައިޑްސް އަދި ވިޓަމިންސްގެ ސަބަބުން މި ސަޔަކީ އެންޒައިޓީ އަދި ޑިޕްރެޝަން ދަށްކޮށްދީ ހަށިގަނޑަށާއި ސިކުނޑިއަށް އަރާމު ގެނެސްދޭ ބުއިމެކެވެ.

Leave a comment

Your email address will not be published.