Wed, 3 June, 2020, 6:24 pm
ރޭގަނޑު ނުނިދާ އުޅޭނަމަ ހާޓް އެޓޭކެއްގެ ނުރައްކާ ބޮޑު އަދި އުމުރު ކުރުވޭ: ދިރާސާ
2847

ރޭގަނޑު ނުނިދާ އުޅޭނަމަ އުމުރު ކުރުވުމާ ގުޅުމެއްވާ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

ކްރޯނޯބަޔޮލަޖީ އިންޓަނޭޝަނަލްގައި ޝާއިއުކޮށްފައިވާ އެ ދިރާސާ ހަދާފައިވަނީ އެމެރިކާގެ ނޯތްވެސްޓާން ޔުނިވާސިޓީގެ ފެއިންބާގް ސްކޫލް އޮފް މެޑިސިން އާއި އިނގިރޭސި ވިލާތުގެ ޔުނިވާސިޓީ އޮފް ސަރީގެ ރިސާޗަރުންނެވެ.

އުމުރުން 38 އަހަރާއި 73 އަހަރުގެ 433،268 މީހުން ބައިވެރިކޮށްގެން ހެދި މި ދިރާސާގައި ހަ އަހަރާއި ހަ މަސް ދުވަސް ވަންދެން ކުރިއަށް ގެންދިޔައެވެ. އަދި އެ މުއްދަތުގައި އެމީހުން ނިދާ އުޅުނު ގޮތާއި މުއްދަތުގެ ތެރޭގައި ދިރާސާގައި ބައިވެރިވި މީހުން މަރުވި އަދަދު ބަލަހައްޓާފައިވެއެވެ.

ނަތީޖާ ނަތީޖާ ދެއްކި ގޮތުގައި، ރޭގަނޑު ނުނިދާ އުޅޭ މީހުންގެ އުމުރު ކުރުވުމުގެ ފުރުސަތު 10 އިންސައްތަ އިތުރެވެ.

ލަހުން ނިދާ މީހުންގެ ހަކުރު ބައްޔާއި ތަފާތު ނާރުތަކުގެ މައްސަލަތައް ޖެހުމުގެ ފުރުސަތު ބޮޑުވުމައި ސްޓްރެސްވެ، މީހާގެ ދިފާއީ ނިޒާމު ބަލިކަށި ކޮށްލައި ތަފާތު ވައްތަރުގެ އިންފެކްޝަންތަކަށް ހަށިގަނޑު ފަސޭހައިން ހުށަހެޅުމުގެ ފުރުސަތު އިތުރުވާ ކަމަށް ދިރާސާއިން ވަނީ ދައްކައިފައެވެ.

އޭގެ އިތުރުން ރަނގަޅަށް ނިދި ނުލިބި ސްޓްރެސް ވުމުގެ ސަބަބުން ލޭގެ ޕްރެޝަރާއި ހިތުގެ ވިންދު އަވަސް، ހާޓް އެޓޭކެއް ޖެހުމުގެ ފުރުސަތު ވެސް އިތުރުކޮށްދެއެވެ. އަދި ސިކުނޑީގެ މައްސަލަތައް ޖެހުމުގެ ފުރުސަތާއި ބަނޑަށް އުދަނގޫވުމާއި ނޭވާ ލުމުގެ އުނދަގޫ ކުރިމަތިވާ ކަމަށް ދިރާސާ އިން ދެއްކިއެވެ.

އެހެންކަމުން ރޭގަނޑު ހޭލާ ހުރެ މަސައްކަތް ކުރުން ރަނގަޅު ނޫން ކަމަށާއި ރަނގަޅު ގޮތަކީ ރޭގަނޑު އަވަހަށް ނިދާފައި، ހެނދުނު އަވަހަށް ހޭލުން ކަމަށް ދިރާސާގެ މުފައްކިރުން ބުނެއެވެ. ދިރާސާ ކުރިއަށްގެންދިއުމުގައި ބައިވެރިވި މުފައްކިރަކު ބުނެފައިވަނީ ސިއްހަތާއި ގުޅުންހުރި މިފަދަ ބޮޑު ހޯދުމެއް ހޯދުމުން މިކަމާ އަޅާނުލާ ދޫކޮށްލަން ހެޔޮ ނުވާނެ ކަމަށެވެ.

Leave a comment

Your email address will not be published.