Sun, 31 May, 2020, 12:07 pm
ހަފްތާ ބަދިގެ: މަފިން ޕައި
0

ބޭނުންވާ ތަކެތި:

ޕަފް ޕޭސްޓްރީ ޝީޓެއް

½ ކިލޯ މިންސްޑް ޗިކަން (ނުވަތަ ބޭނުން ވައްތަރެއްގެ މަހެއް)

1 ފިޔާ (ގާނާފައި)

½ ޖޯޑު ބްރެޑް ކްރަންބްސް

3 ލޮނުމެދު (ޗަސްކޮށްފައި)

2 ބިސް (ގިރާފައި)

1 ސައިސަމުސާ ލޮނު

½ ސައިސަމުސާ އަސޭމިރުސް

½  ޖޯޑު ގާނާފައި ހުރި މޮޒަރެއްލާ  ޗީޒް (ބޭނުންނަމަ)

ތައްޔާރުކުރާނެ ގޮތް:

މަފިން/ ކަޕްކޭކް ޓްރޭގައި ބަޓަރު ކޮޅެއް ނުވަތަ ތެޔޮކޮޅެއް ހާކާލުމަށްފަހު އެއްފަރާތެއްގައި ބަހައްޓާލާށެވެ. އަދި އަވަން 185 ޑިގްރީ ސެލްސިއަސްގައި ހޫނުކުރަން ޖައްސާށެވެ.

ކޮންޓެއިނަރެއްގައި މިންސްޑް ޗިކަން،  ލޮނު،  ޗަސްކޮށްފައި ހުރި ފިޔާ، ޗަސްކޮށްފައިހުރި ލޮނުމެދު، އަސޭމިރުސް، ބްރެޑް ކްރަންބްސް އަދި 1 މޭޒުމަތީ ސަމުސާ ބިސް އެޅުމަށްފަހު ރަނގަޅަށް މޮޑެލާށެވެ.

ބޭނުންނަމަ މި މަސްގަނޑަށް މޮޒަރެއްލާ ޗީޒް އިތުރުކުރެވިދާނެއެވެ. ހުރިހާ އެއްޗެއް ރަނގަޅަށް އެއްވުމުން މި މަސްގަނޑު އިތުރަށް ބޭނުންކުރަންދެން ފްރިޖްގައި ބަހައްޓާށެވެ.

އެއަށްފަހު ރޮށި ދަމާ އެތި ބޭނުންކޮށްގެން ޕަފް ޕޭސްޓްރީ ޝީޓް ރަނގަޅަށް ދަމާލާށެވެ. އަދި ވަށް ބޮޅުތަކެއް މި ފުއްގަނޑުން ކަފާށެވެ.

ނޯޓް: ވަށް ބޮޅުތައް ކަފާނީ 2 ސައިޒަކަށެވެ. އެއްބައި ކަފަން ވާނީ ތެޔޮ ނުވަތަ ބަޓަރު އުގުޅި ޓްރޭގައި ހުރި ބޮޅުތަކަށް ވުރެ ބޮޑުކޮށެވެ. އަދި އަނެއްބައި ކަފާނީ ކުރިން ކެފި ބޮޅުތަކަށް ވުރެ ކުދިކޮށެވެ. ވަށް ބޮޅުތައް ކަފަން އެބޭފުޅަކު ބޭނުން އެއްޗެއް ބޭނުންކުރެވިދާނެއެވެ.

ބޮޅުތައް ކަފާ ނިމުމުން، ބޮޑެތިކޮށް ކެފި ބޮޅުތައް މަފިން ޓްރޭގައި އަތުރާލާށެވެ. އެއަށްފަހު ތައްޔާރުކުރުމަށްފަހު ފްރިޖަށްލާފައި ހުރި މަސްގަނޑު ނެގުމަށްފަހު، ހަމަހަމަކޮށް މަސްކޮޅު ޓްރޭއަށް ބަހާލަށެވެ.

އެއަށްފަހު ކުރިން ކެފި ކުދި ބޮޅުތައް މި މަސްގަނޑުގެ މަތީގައި ބާއްވާލާ އަތް ބޭނުންކޮށްގެން މަސްގަނޑު ފޮރުވޭނޭހެން ދެ ފުއްގަނޑު ބައްދާލާށެވެ.

އުލެއް ބޭނުންކޮށްގެން ކޮންމެ ޕައިއެއްގެ މަތީގައި ލޯވަޅު އަޅާލާށެވެ. އެއަށްފަހު ކޮންމެ އެއްޗެއްގެ މަތީގައި ގިރާފައި ހުރި ބިސްކޮޅު ހާކާލުމަށްފަހު، އަވަންގައި 30-35 މިނެޓް ވަންދެން ފިހެލާށެވެ. 15 މިނެޓް ހިހޫކުރުމަށްފަހު ޓްރޭއިން ނަގާށެވެ. ހޫނުކަން ހުއްޓާ ކާލަން ވަރަށް މީރުވާނެއެވެ.

Leave a comment

Your email address will not be published.