މުޙައްމަދު އީމާން
08 May 2019
މަޤްބޫލު ޙަބަރު

ބޭނުންވާ ތަކެތި:

2 ޖޯޑު ފުށް

2 ސައިސަމުސާ ބޭކިންްގް ޕައުޑަރު

1 ½ ސައިސަމުސާ ބޭކިންގް ސޯޑާ

½ ސައިސަމުސާ ލޮނު

¼ ޖޯޑު ހަކުރު

1 ½ ޖޯޑު ކިރު

½ ސައިސަމުސާ ވެނީލާ އެސެންސް

½ ޖޯޑު ބަޓަރު (ދިޔާކޮށްފައި)

¼ ޖޯޑު ބްރައުން ޝުގަރ

1 ދަޅު އަލަނާސި

ޗެރީ (ބޭނުންނަމަ)

ތައްޔާރުކުރާނެ ގޮތް:

ކޮންޓެއިނަރެއްގައި ފުށް، ބޭކިންގް ޕައުޑަރ، ބޭކިންގް ސޯޑާ، ލޮނު އަދި ހަކުރު ރަނގަޅަށް އެއްކޮށްލާށެވެ.

އެއަށްފަހު މި މިކްސްގެ މެދުގައި ސަމްސަލަކުން ހާވާލުމަށްފަހު ކިރާއި، ދިޔާކޮށްފައި ހުރި ބަޓަރު، ވެނީލާ އެސެންސް އަދި އަލަނާސި ދަޅުގެ ދެބައިކުޅަ އެއްބައި ދިޔަ އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. މިހާރު މިތައްޔާރުވީ ޕޭންކޭކް ފުށްގަނޑެވެ.

އެއަށްފަހު ދެން އޮތީ ސިރަޕް ތައްޔާރުކުރުމެވެ.

އުނދުން މައްޗަށް ތަވައެއް އުދާ، އޭގެ ތެރެއަށް ބަޓަރު ކޮޅު އަޅާށެވެ. އަދި ބަޓަރު ދިޔާވުމުން ބްރައުން ޝުގަރ އަދި އަލަނާސި ދަޅުގައި ބާކީ ހުރި ދިޔަ އަޅައި، މަޑު ގިނީގައި ކައްކާލާށެވެ. ހަކުރުތައް ރަތްވެ އޮލަވަންދެން ކައްކާލަންވާނެއެވެ. އެއަށްފަހު އުނދުން މަތިން ތަވާ ބޭލުމަށްފަހު އެއްފަރާތެއްގައި ބަހައްޓާލާށެވެ.

އިިތުރު ތަވައެއްގައި ކުޑަ ބަޓަރުކޮޅެއް ދިޔާކޮށްލުމަށްފަހު އަލަނާސި ފޮއްޗެއް ފިހެލާށެވެ. އަލަނާސި ފޮތީގެ އެއްފަޅި ރަން މުށި ކުލަ އަރަންދެން ފިހެލުމަށްފަހު ފުށުން ޖަހާލާށެވެ. އަދި އަލަނާސި ފޮތީގެ މެދަށް 2-3 ޗެރީ ލުމަށްފަހު ކުރިން ގިރި ޕެންކޭކް ފުށްގަނޑުން ¼ ޖޯޑުގެ ފުށްކޮޅެއް އަލަނާރި ކޮޅު މައްޗަށް އެޅުމަށްފަހު ކައްކާލާށެވެ.

މި ޕޭންކޭކްގެ އަރިމަތި ހަރުވެ މަތި ބޮކިލަންދެން ކައްކާލަން ވާނެއެވެ. އެއީ ގާތްގަނޑަކަށް 2 މިނެޓް ހާއިރެވެ. އެއަށްފަހު ފުށުން ޖެހުމަށްފަހު ރޯފިލާ ވަރަށް ކައްކާލަން ވާނެއެވެ.

ކެއްކި ޕޭންކޭކްސް ކާން ބޭނުންކުރަންދެން 90 ޑިގްރީ ސެލްސިއަސްގައި ހޫނުކޮށްފައިވާ އަވަނެއްގައި ރައްކަކުރާށެވެ. ޕޭންކޭކްތައް މީރުވާނީ ކުޑަކޮށް ހޫނުކޮށް ހުންނައިރު ކުޑަ ސިރަޕް ކޮޅެއް އަޅައިގެންނެވެ.

Leave a Reply

Your email address will not be published.

haftha.mv ©