Sun, 31 May, 2020, 12:56 pm
Photo: Lonumedhu
ޙަފްތާ ބަދިގެ – އޯޓްސް ކުޅި ބޯކިބާ
211

ބޭނުންވާ ތަކެތި:

1 ޖޯޑު އޯޓްސް

1 ޖޯޑު ފެނުކެއްކި އަލުވި

1 ދަޅު މަސް

½ ލުނބޯގެ ހުތް

1 ފިޔާ (ކުދިކޮށް ކޮށާފައި)

ހިކަނދިފަތް ކޮޅެއް (ކުދިކޮށް ކޮށާފައި)

½ ގިތެޔޮ މިރުސް (ކުދިކޮށް ކޮށާފައި)

¼ ސައިސަމުސާ ރީންދޫ

1 މޭޒުމަތީ ސަމުސާ އިނގުރު (ޗިސް ކޮށްފައި)

ރަހަލާވަރަށް ލޮނު
1 ސައިސަމުސާ ތެޔޮ

ތައްޔާރުކުރާނެ ގޮތް:

އޯޓްސް ޕެކެޓުގައިވާ ގޮތަށް އެ ތައްޔާރުކޮށްލުމަށްފަހު އެއްފަރާތެއްގައި ބަހައްޓާލާށެވެ.

އެހެން ކޮންޓެއިނަރެއްގައި ފިޔާ، މިރުސް، ހިކަނދިފަތް، އިނގުރު، ލުނބޯހުތް ކޮޅު ރަނގަޅަށް މޮޑެލާށެވެ. އެއަށްފަހު މި މިކުސް ތެރެއަށް މަސްދަޅާއި އަލުވި އަދި ރީނދޫ ގެ އިތުރުން ކުރިން ތައްޔާރުކުރި އޯޓްސް ކޮޅު އަޅައި ރަނގަޅަށް އެއްކޮށްލާށެވެ.

ތަވައެއްގައި ތެޔޮކޮޅެއް ހޭކުމަށްފަހު ކުރިން މޮޑުނު މަސްގަނޑު ތަވާގައި ރަނގަޅަށް ފަތުރާލުމަށްފަހު އޮމާން ކޮށްލާށެވެ. ބައި އިންޗިއެއްހާ ބޯމިން ހުންނާނެހެން ފަތުރާލުން އެއީ އެންމެ ރަނގަޅުވަރެވެ.

މަޑުގިނީގައި ފިހަމުން ގެންދާށެވެ. ބޯކިބަލުގެ މަތީބައިގެ ތެތްކަން ފިލުމުން ފުށުން ޖަހާލާށެވެ. ރަން މުށިކުލަ އަރާވަރަށް ފިހެލުމުން ވަރަށް މީރުވާނެއެވެ.

Leave a comment

Your email address will not be published.