މުޙައްމަދު އީމާން
09 May 2019
މަޤްބޫލު ޙަބަރު

ބޭނުންވާ ތަކެތި:

1 ޕާން

1 ޕެކެޓް ޗީޒް ސްލައިސް

1 ޕެކެޓް ސޮސެޖް (ފެނުކައްކާފައި)

ތައްޔާރުކުރާނެ ގޮތް:

ރޮށި ދަމާއެތިން ޕާންފޮތިތައް ދަމާލާށެވެ. އެއަށްފަހު ޗީޒް ސްލައިސް އެއް ދަމާލި ޕާން ފޮތި މަތީގައި ބާއްވައި އޭގެ މަތީގައި ފެނުކެއްކި ސޮސެޖެއް ބާއްވާލާށެވެ. އެއަށްފަހު މި ހުރިހާ އެއްޗަކާއެކު ޕާންފޮތި އޮޅާލާށެވެ. އޮޅާލި ޕާންފޮތި ރޫޅުނަނުދިނުމަށް ޓޫތް ޕިކެއް ބޭނުން ކުރާށެވެ.

ތަވައެއްގައި ކުޑަ ބަޓަރުކޮޅެއް ހާކާލުމަށްފަހު، މި ޕާން ރޯލް ރަން މުށިކުލަ އަރަންދެން ފިހެލާށެވެ. ބޭނުންނަމަ މި ޕާން ރޯލް ތެލަށް ވެސް ލެވިދާނެއެވެ. ހިހޫވުމުން ޗިލީ ސޯސް ޖަހާލައިގެން ކާލަން ވަރަށް މީރުވާނެއެވެ.

Leave a Reply

Your email address will not be published.

haftha.mv ©