މުޙައްމަދު އީމާން
10 May 2019
މަޤްބޫލު ޙަބަރު

ކޭކް ތައްޔާރުކުރުމަށް ބޭނުންވާ ތަކެތި:

1 ޖޯޑު ފުށް

½ ޖޯޑު ހަކުރު

¼ ޖޯޑު ކޮކޯ ޕައުޑަރު

2 ސައިސަމުސާ ބޭކިންގް ޕައުޑަރު

¼ ސައިސަމުސާ ލޮނު

¾ ޖޯޑު ދިޔާ ކިރު

¼ ޖޯޑު އަންސޯލްޓަޑް ބަޓަރ (ދިޔާކޮށްފައި)

1 ސައިސަމުސާ ވެނީލާ އެސެންސް

ފަޖް ސޯސް ތައްޔާރުރުމަށް ބޭނުންވާ ތަކެތި:

½ ޖޯޑު ހަކުރު

½ ޖޯޑު ބްރައުން ޝުގަރ

3 މޭޒުމަތީ ސަމުސާ ކޮކޯ ޕައުޑަރު

¼ -1 ޖޯޑު ހޫނުފެން

ކޭކް ތައްޔާރުކުރާނެ ގޮތް:

އަވަން 175 ޑިގްރީ ސެލްސިއަސްގައި ހޫނުކުރަން ޖެއްސުމަށްފަހު ފެން ހޫނުކުރުމަށް އުދާށެވެ.

ކޮންޓެއިނަރެއްގައި ½ ޖޯޑު ހަކުރު، ކޮކޯ ޕައުޑަރު، ބޭކިންގް ޕައުޑަރު އަދި ލޮނު ރަނގަޅަށް އެއްކޮށްލާށެވެ. އެއަށްފަހު މިމިކުސްގެ ތެރެއަށް ކިރު، ބަޓަރު، އަދި ވެނީލާ އެސެންސް އެޅުމަށްފަހު ގަނޑު ނުލާނޭހެން ރަނގަޅަށް ގިރާލާށެވެ.

ޓްރޭއެއްގައި ބަޓަރު ހޭކުމަށްފަހު މިމިކުސް ޓްރޭއަށް އަޅާލާށެވެ. އަދި ދޭފަތެއް ބޭނުންކޮށްގެން މިމިކުސް ރަނގަޅަށް ޓްރޭގައި އެއްވަރަކަށް ފަތުރާލާށެވެ. އެއަށްފަހު އެއްފަރާތެއްގައި ބަހައްޓާލާށެވެ.

ސޯސް ތައްޔާރުކުރާނެ ގޮތް:

އެހެން ކޮންޓެއިނަރެއްގައި ބާކީ ހުރި ½ ޖޯޑު ހަކުރު، ބްރައުން ޝުގަރ އަދި 3 މޭޒުމަތީ ސަމުސާ ކޮކޯ ޕައުޑަރު ރަނގަޅަށް އެއްކޮށްލާށެވެ. މިއީ ހިކި މިކްސްއެކެވެ. އެހެންކަމުން މި މިކުސް ކުރިން ތައްޔާރުުކުރި ކޭކް މިކްސްގެ މައްޗަށް ރަނގަޅަށް ފޮރުވޭގޮތަށް ބުރުވާލާށެވެ.

އެއަށްފަހު ކުރިން ހޫނުކުރި ފެން ހިކި މިކުސްގެ މައްޗަށް މަޑުމަޑުން އަޅާލާށެވެ. ހޫނުފެން އެޅުމަށްފަހު ގިރާލާނެކަމެއް ނެތެވެ. އަދި 35 މިނެޓްވަންދެން އަވަންގައި ފިހެލާށެވެ. ނުވަތަ ކޭކްގެ މެދު ކުޑަކޮށް ފިހެވެންދެން ފިހެލާށެވެ. 15 މިނެޓްވަރު ވަންދެން ހިހޫކުރުމަށް ހަނދާން ކުރަން ވާނެއެވެ.

ކޭކް ކޮޅުނަގާއިރު އަޑީގައި ހުރި ސޯސް ކޭކްގެ މައްޗަށް އަޅާލަންވާނެއެވެ. އައިސްކްރީމް އާއެކު ކާލަން ވަރަށް މީރެވެ.

Leave a Reply

Your email address will not be published.

haftha.mv ©