މުޙައްމަދު އީމާން
11 May 2019
މަޤްބޫލު ޙަބަރު

ބޭނުންވާ ތަކެތި:

200ގ ޑާރކް ޗޮކްލޭޓް (ކުދިކޮށް ކޮށާފައި)

500 އެމްއެލް ނެސްލޭ ކްރީމް

1/3  ހަކުރު

½ 1 ޕެކެޓް މާރީ ބިސްކޯދު

½ 1 ޖޯޑު ނަޓެއްލާ

1 ޖޯޑު ދިޔާ ކިރު (ކުޑަކޮށް ހޫނުކޮށް)

ކޮކޯ ޕައުޑަރު ކޮޅެއް

ތައްޔާރުކުރާނެ ގޮތް:

ތަވައަކަށް ޑާރކް ޗޮކްލޭޓް، ކްރީމް އަދި ހަކުރު އެޅުމަށްފަހު މަޑު ގިނީގައި ގިރަމުން، ކައްކަމުން ގެންދާށެވެ. ޗޮކްލޭޓްތައް ދިޔާވެ ހުރިހާ އެއްޗެއް ރަނގަޅަށް އެއްވަންދެން ކައްކާލަންވާނެއެވެ.

އެއަށްފަހު މާރީ ބިސްކޯދުތައް ކިރުގައި ފޯކުރުމަށްފަހު ޓްރޭއެއްގައި އަތުރާލާށެވެ. މި ބިސްކޯދުތަކުގެ މައްޗަށް ކުރިން ގިރި ޗޮކްލެޓް ކްރީމް އަޅާލައި ލޭޔަރެއް ހަދާލާށެވެ. އަދި މީގެ މަތީން އަނެއްކާވެސް ބިސްކޯދު ލޭޔާރ އެއް އެޅުމަށްފަހު ނަޓެއްލާ ގެ އެއްބައި މި ބިސްކޯދު ތަކުގެ މަތީގައި ހާކާލާށެވެ.

މިގޮތަށް ބިސްކޯދު ލޭޔާރ އެއް، ޗޮކްލޭޓް ލޭޔާރ އެއް އަދި ނަޓެއްލާ ލޭޔާރ އެއް އަޅަމުން ގެންދާށެވެ. އެއަށްފަހު 6 ގަޑިއިރުވަންދެން ފްރިޖްގައި ފިނިކުރުމަށްފަހު ކާންވުމުން ކޮކޯ ޕައުޑަރު ކޮޅެއް ބުރުވާލުމަށްފަހު ކާލަން ވަރަށް މީރެވެ.

Leave a Reply

Your email address will not be published.

haftha.mv ©