މުޙައްމަދު އީމާން
11 May 2019
މަޤްބޫލު ޙަބަރު

ބޭނުންވާ ތަކެތި:

4 ޖޯޑު އަލުވި (ފެނުކައްކާފައި، 4 މޭޒުމަތީ ސަމުސާ ބަޓަރު އަޅައިގެން ޗަސްކޮށްފައި)

2 ޖޯޑު މޮޒަރެއްލާ ޗީޒް (ގާނާފައިހުރި)

1 ބިސް

¼ ޖޯޑު ފުށް

½ ޖޯޑު ޕާން ކުނޑި

2 މޭޒުމަތީ ސަމުސާ ތެޔޮ

ތައްޔާރުކުރާނެ ގޮތް:

ކޮންޓެއިނަރެއްގައި ފެނުކެއްކި އަލުވި، ޗީޒް، ބިސް އަދި ފުށް ރަނގަޅަށް އެއް ވަންދެން މޮޑެލާށެވެ. އަދި މޭޒުމަތީ ސަމުސަލެއްގެ މިންވަރު ނެގުމަށްފަހު އަތް ބޭނުންކޮށްގެން ފަތި ގުޅައަކަށް ވާގޮށް ފިއްތާލާށެވެ.

އެއަށްފަހު މި ފަތި ގުޅަތަކުގެ ދެފުށުގައި ވެސް ޕާން ކުނޑި ރަނގަޅަށް ހޭކުމަށްފަހު ކުޑަ ތެޔޮކޮޅެއްގައި މި ޕެޓީ ތައް 3-4 މިނެޓް ވަންދެން ފިހެލާށެވެ.

މިއީ މަދު އެއްޗެހި ބޭނުންކޮށްގެން ހަދާލަން ފަސޭހަ އަދި އެހާމެ މީރު އެއްޗެކެވެ.

Leave a Reply

Your email address will not be published.

haftha.mv ©