Thu, 4 June, 2020, 11:56 am
ހަފްތާ ބަދިގެ – ޗީޒީ ޓޫނާ ޑޯގްސް
280

ބޭނުންވާ ތަކެތި:

1 ދަޅު ކަނޑުމަސް

4 މޭޒުމަތީ ސަމުސާ ޗިލީ ސޯސް

1 މޭޒުމަތީ ސަމުސާ އަސޭމިރުސް

ރަހަލާ ވަރަށް ލޮނު

1 ފިޔާ (ކުދިކޮށް ކޮށާފައި)

4 ހޮޓް ޑޯގް ބަނަސް

8 ސްލައިސް ޗީޒް (ދިގުކޮށް 3 އެތިކޮޅު ވާގޮތަށް ކަފާފައި)

½ ދަޅު ލަންޗަން މީޓް (ބޯކޮށް ފޮތިކޮށްފައި، ކުޑަ ތެޔޮކޮޅެއްގައި ފިހެފައި)

ތައްޔާރުކުރާނެ ގޮތް:

ތަވައަކަށް މަސްދަޅުގެ ތެޔޮ އެޅުމަށްފަހު ފުރަތަމަ ފިޔާކޮޅު ހަނާކޮށްލާށެވެ. ފިޔާތައް ރަތްވާން ފެށުމުން އޭގެ ތެރެއަށް މަސްދަޅުގައި ހުރި މަސްކޮޅާއި ލޮނު އަދި އަސޭމިރުސް އެޅުމަށްފަހު ރަނގަޅަށް މަސްގަނޑު ހަނާކޮށްލާށެވެ. އެއަށްފަހު ޗިލީ ސޯސް ކޮޅު އަޅައި ރަނގަޅަށް އެއްކޮށްލުމަށްފަހު ކުޑަ އިރުކޮޅަކު އުނދުން މަތީގައި ހަނާކޮށްލަން ބަހައްޓާލާށެވެ.

ވަޅިއެއް ބޭނުންކޮށްގެން ހޮޓްޑޯގް ބަނަހުގެ މެދު ކޮނެލާށެވެ. ނުވަތަ މެދު ކަފައިގެން ނަގާލާށެވެ. މިހެން ކަފާއިރު ހޮޓްޑޯގްގެ ދެފަޅި ވަކިނުވާ ވަރަށް އަދި ފޫވެސް ނުނެއްޓޭ ވަރަށް ކަފަން ހަނދާން ބަހައްޓާށެވެ.

ހޮޓްޑޯގް މިގޮތަށް ތައްޔާރުކުރުމަށްފަހު ކުރިން ތައްޔާރުކުރި މަސްގަނޑުގެ އެތިކޮޅެއް މި ބަނަހުގެ ތެރެެއަށްލާށެވެ، އަދި މަސްގަނޑުގެ މައްޗަށް ޗީޒް ސްލައިސް ކޮޅެއް ލުމަށްފަހު އޭގެ މައްޗަށް ލަންޗަން މީޓްގެ ސްލައިސް އެއް ލާށެވެ.

އަނެއްކާވެސް މަސްގަނޑު ލޭޔާރއެއް އެޅުމަށްފަހު މީގެ މައްޗަށް ޗީޒް އެތިކޮޅު ލާށެވެ. އެއަށްފަހު މި ބަނަސް އަވަނަށްލާ ޗީޒްގަނޑު މެލްޓް ވަންދެން ފިހެލާށެވެ. މިއޮތީ ކާލަން ތައްޔާރުވެފައެވެ.

Leave a comment

Your email address will not be published.