Thu, 4 June, 2020, 2:26 pm
ހަފްތާ ބަދިގެ – އޯރިއޯ ޕުޑިންގް
564

ބޭނުންވާ ތަކެތި:

2 ޕެކެޓް އޯރިއޯ ބިސްކޯދު

½ ޖޯޑު ކޯންފްލާރ

½ ޖޯޑު ހަކުރު

½ ޖޯޑު އަންސޯލްޓަޑް ބަޓަރު

6 ބިހުގެ ގޮބޮޅި

2 ޖޯޑު ދިޔާ ކިރު

2 މޭޒުމަތީ ސަމުސާ ކޮކޯ ޕައުޑަރު

2 ސައިސަމުސާ ވެނީލާ އެސެންސް

ތައްޔާރުކުރާނެ ގޮތް:

ކޮންޓެއިނަރެއްގައި ހަކުރު، ކިރު އަދި ކޯންފްލާރ ރަނގަޅަށް އެއްކޮށްލާާށެވެ. ބިހުގެ ގޮބޮޅިތައް ރަނގަޅަށް ގިރާލުމަށްފަހު މިމިކުސްގެ ތެރެއަށް އެއްކޮށްލާށެވެ.

އުނދުން މައްޗަށް ތަވައެއް އުދައި، މިމިކުސް މަޑުގިނީގައި ދޭފަތަކުން ހަލަމުން ކައްކާލާށެވެ. މި މިކުސް ކެކުމުން އުނދުން މަތިން ބޭލުމަށްފަހު މީގެ ތެރެއަށް ބަޓަރު އަދި އެސެންސް ކޮޅު އަޅާލުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ.

ރަނގަޅަށް އެއްވުމުން މި މިކްސްގެ މަތި ބަންދުކުރުމަށްފަހު ފިނިކުރުމަށް ފްރިޖްގައި 3 ގަޑިއިރު ބަހައްޓާލާށެވެ.

ޓްރޭއެއްގެ ފޫ ފޮރުވޭވަރަށް އޯރިއޯ ބިސްކޯދުތައް އަތުރާލާށެވެ. އަދި މި ބިސްކޯދުތަކުގެ މައްޗަށް ދިޔާ ކިރުކޮޅެއް ބުރުވާލުމަށްފަހު ބިސްކޯދުތައް ކުޑަކޮށް ފޯކޮށްލާށެވެ. އެއަށްފަހު ކޮކޯ ޕައުޑަރު ކޮޅެއް މި ބިސްކޯދުތަކުގެ މައްޗަށް ބުރުވާލުމަށްފަހު ފިނިކުރަން ފްރިޖަށް ލީ ކްރީމްގަނޑު މި ބިސްކޯދުތަކުގެ މަތީގައި ފަތުރާލާށެވެ.

އިތުރު ފުރިހަމަކަމެއް ގެނައުމަށް އޯރިއޯ ބިސްކޯދުކޮޅެއް ފުނޑު ކޮށްލުމަށްފަހު މި ކުރީމްގަނޑުގެ މައްޗަށް ބުރުވާލާށެވެ. ބޭނުންނަމަ އޯރިއޯ ލޭޔާރ ވެސް ހެދިދާނެއެވެ. ދެން އެހެނީ ތައްޔާރުވެ ނިމިފައެވެ. ފިނިކޮށްލައިގެން ކާލަން ވަރަށް މީރު ވާނެއެވެ.

Leave a comment

Your email address will not be published.