މުޙައްމަދު އީމާން
13 May 2019
މަޤްބޫލު ޙަބަރު

ބޭނުންވާ ތަކެތި:

4 ބިސް

¾ ޖޯޑު ހަކުރު

3 މޭޒުމަތީ ސަމުސާ ފުށް

½ ސައިސަމުސާ ލޮނު

2 ޖޯޑު ދިޔާ ކިރު

½ ސައިސަމުސާ ވެނީލާ އެސެންސް

30 ވެނީލާ ވެފަރ

3-4 ދޮންވެފައި ހުރި ދޮންކެޔޮ (ފޮތިކޮށް ކޮށާފައި)

ތައްޔާރުކުރާނެ ގޮތް:

ހަތަރު ބިހުގެ ތެރެއިން ތިން ބިހުގެ ގޮބޮޅިތައް ވަކިކޮށްލާށެވެ. އަދި ބާކީ އިން ބިސް މި ގޮބޮޅިތަކުގެ ތެރެއަށް އަޅާލުމަށްފަހު ރަނގަޅަށް ގިރާލާށެވެ.

ތަވައަކަށް ½ ޖޯޑު ހަކުރު، ފުށް އަދި ލޮނު އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. ދެން މިމިކުސް އަށް ކުރިން ގިރި ބިސްތަކާއި ކިރު އަޅައި، ރަނގަޅަށް ގިރާލާށެވެ. މިމިކުސް ތަވާގައި ކައްކަންވާނީ މަތި ނުޖަހައި ދޭތެރެއަކުން ގިރަމުންނެވެ. އެގޮތުން 10 ވަރަކަށް މިނެޓް ވަންދެން އޮލަވަންދެން ކައްކާލަންވާނެއެވެ. މިހާރު މިހިރީ ޕުޑިންގް ތައްޔާރުވެފައެވެ.

އަވަން 215 ޑިގްރީ ސެލްސިއަސްގައި ހޫނުކުރުމަށް ބަހައްޓާށެވެ.

ޓްރޭއެއްގައި ބަޓަރުކޮޅެއް ހޭކުމަށްފަހު ކުރިން ތައްޔާރުކުރި މިކްސްގެ އެތިކޮޅެއް ޓްރޭގައި ފަތުރާލާށެވެ. މީގެ މަތީގައި ވެނީލާ ވެފަރތައް އަތުރާލުމަށްފަހު އޭގެ މަތީގައި ކޮށާފައި ހުރި ދޮންކެޔޮކޮޅުތައް އަތުރާލާށެވެ. އެއަށްފަހު މިގޮތަށް ޕުޑިންގް ލޭޔާރއެއް، ވެފަރ ލޭޔާރއެއް އަދި ދޮންކެޔޮ ލޭޔާރއެއް އަތުރަމުން ގެންދާށެވެ. އެންމެ މަތީގައި ހުންނަންވާނީ ޕުޑިންގް ލޭޔާރއެކެވެ.

މިރޭންގް ހެދުމަށް ކުރިން ވަކިކުރި ބިހުގެ ހުދުބަޔާއި ކުޑަ ލޮނުކޮޅެއް އެޅުމަށްފަހު ސްޓިފް ޕީކްސްވަންދެން ގިރާލާށެވެ. ގިރަމުންދާ ވަރަކަށް މީގެ ތެރެއަށް މަޑުމަޑުން ބާކީ ހުރި ¼ ޖޯޑު ހަކުރު އަޅަމުން ގެންދާށެވެ. ރަނގަޅަށް ގިރުމުން މި މިކްސް ޕުޑިންގް ގެ މަތީގައި ދޭފަތެއް ބޭނުންކޮށްގެން ފަތުރާލާށެވެ.

އެއަށްފަހު އަވަންގައި 5 މިނެޓްވަންދެން ނުވަތަ މިރޭންގަށް މަޑު މުށިކުލަ އަރަންދެން ފިހެލަންވާނެއެވެ. ހިހޫކޮށްލައިގެން ކާލަން ވަރަށް މީރުވާނެއެވެ.

Leave a Reply

Your email address will not be published.

haftha.mv ©