Sun, 31 May, 2020, 11:30 am
ހަފްތާ ބަދިގެ – ޗިކަން ކޭސަޑިޔާ
108

ބޭނުންވާ ތަކެތި:

6-8 ރޮށި

2 ޖޯޑު މޮޒަރެއްލާ ޗީޒް

500ގ ޗިކަން ބްރެސްޓް (ކުދިކޮށް ކޮށާފައި)

2 ލޮނުމެދު (ކުދިކޮށް ކޮށާފައި)

1 ފިޔާ (ތުނިކޮށް ކޮށާފައި)

2 ކެޕްސިކަމް/ ބެލް ޕެޕާރ (ކުދިކޮށް ކޮށާފައި)

ރަހަލާވަރަށް ލޮނު

ރަހަލާވަރަށް އަސޭމިރުސް

½ މޭޒުމަތީ ސަމުސާ ތެޅި މިރުސް

½ މޭޒުމަތީ ސަމުސާ  އޮރެގާނޯ

½ މޭޒުމަތީ ސަމުސާ ދިރި

ތައްޔާރުކުރާނެ ގޮތް:

ކޮންޓެއިނަރެއްގައި ޗިކަންކޮޅު، ދިރި، އޮރެގާނޯ، ތެޅިމިރުސް، އަސޭމިރުސް އަދި ލޮނު އެއްކޮށްލުމަށްފަހު މެރީނޭޓް ކުރުމަށް 15 މިނެޓް ވަންދެން ފްރިޖްގައި ބަހައްޓާލާށެވެ. އެއަށްފަހު ހޫނުކުރެވިފައިވާ ތަވައެއްގައި މި ޗިކަންކޮޅުތަކަށް ރަން މުށިކުލަ އަރަންދެން ކައްކާލަންވާނެއެވެ.

އެހެން ތަވައަކަށް ފިޔާ، ބެލްޕެޕަރ، އަސޭމިރުސް، ލޮނުމެދު އަދި ލޮނު އެޅުމަށްފަހު މަޑުވަންދެން މަޑުގިނީގައި ކައްކާލާށެވެ.

އުނދުން މަޑުގިނީގައި ބަހައްޓާފައި ރޮށި ފިހާ ތަވައެއްގެ މަތީގައި ރޮއްޓެއް ބާއްވާށެވެ. އަދި ރޮށީގެ އެއް ފަޅިއަށް ޗީޒް އަދި ތައްޔާރުކުރި ތަރުކާރީގެ ބާވަތްތައް އަޅާށެވެ. އަދި އޭގެ މައްޗަށް ތައްޔާރުކުރި ޗިކަންކޮޅެއް އަޅާލުމަށްފަހު އަނެއްކާވެސް މީގެ މައްޗަށް ޗީޒް ކޮޅެއް އަޅާލަންވާނެއެވެ.

އެއަށްފަހު ރޮށީގެ އަނެއް ފަޅި މަސްގަނޑާލާ ލައްޕާލުމަށްފަހު ރަނގަޅަށް ފިހެލާށެވެ.

ފިހެވުމުން 2 ފަޅިއަށް ބައިކުރުމަށްފަހު އެހެރީ ކެއުމަށް ތައްޔާރުވެފައެވެ. މިއީ ގޭގައި ބާކީވެފައި ހުންނަ ރޮށިތަކުން ހަދާލަން މީރު އެއްޗެކެވެ.

Leave a comment

Your email address will not be published.