މުޙައްމަދު އީމާން
14 May 2019
މަޤްބޫލު ޙަބަރު

ބޭނުންވާނެ ތަކެތި:

100 ގ. ކުކުޅު (ކުދިކޮށް ކޮށާފައި)

½ މޭޒުމަތީ ސަމްސާ ކޮރިއަންޑާ ޕައުޑަރ

½ މޭޒުމަތީ ސަމްސާ އަސޭމިރުސް ޕައުޑަރ

¾ ޖޯޑު ކެބެޖް (ގާނާފައި)

¼ ޖޯޑު ޓޮމާޓޯ (ކުދިކޮށް ކޮށާފައި)

½ ޖޯޑު ކެރެޓް (ގާނާފައި)

2 މޭޒުމަތީ ސަމްސާ ޔޯގަޓް

¼ 1 ތަށި ތެޔޮ

4 ބިސް

2 ލޮނުމެދު (ކުދިކޮށް ކޮށާފައި)

3 މޭޒުމަތީ ސަމްސާ ކިރު

ރަހަލާ ވަރަށް ލޮނު

ކޮރިއަންޑަރ

ތައްޔާރުކުރާނެ ގޮތް

ކުދިކޮށް ކޮށާފައިހުރި ކުކުޅު ކޮޅުގެ ތެރެއަށް ކޮރިއަންޑަރ ޕައުޑަރ، އަސޭމިރުސް ޕައުޑަރ، ލޮނު އަދި ޔޯގަޓް އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. އަދި އެއަށްފަހު ތަވައަކަށް ކުޑަ ތެޔޮ ކޮޅެއް އެޅުމަށްފަހު މި ކުކުޅު ކޮޅުތައް ރަނގަޅަށް ތެއްލާލާށެވެ.

ރަނގަޅަށް ތެއްލާލެވުމުން ތަވައިން ނަގައި ކުކުޅު ކޮޅުތައް ކުދިކުދި ނުވަތަ ވީދާލާށެވެ. އަދި މަސްގަނޑުގެ ތެރެއަށް ކެބެޖާއި ޓޮމާޓޯ، ކެރެޓް އަދި ކޮރިއަންޑާ އެޅުމަށްފަހު އެއްކޮށްލާށެވެ.

ވަކިން ތައްޓެއްގެ ތެރެއަށް ހަތަރު ބިހުގެ ގޮބޮޅި ވަކިކޮށްލާށެވެ. އަދި ބިހުގެ ހުދުބައި މިކްސަރަކަށް އަޅައި އޭގެތެރެއަށް ލޮނުމެދު ކޮޅާއި ލޮނު އަދި ތެޔޮ އަޅައި ރަނގަޅަށް ގިރާލާށެވެ. އަދި އޭގެން އެތިކޮޅެއް ނަގާ ކުކުޅު މަސްގަނޑު ތައްޓަށް އަޅާ އެއްކޮށްލާށެވެ.

އެއަށްފަހު ވަކިކުރި ބިހުގެ ގޮބޮޅިތަކުގެ ތެރެއަށް ލޮނު ކޮޅަކާއި ތިން މޭޒުމަތީ ސަމުސާ ދިޔާ ކުރި އަޅާ ރަނގަޅަށް ގިރާލުމަށްފަހު ތަތް ނުލަވާ ތަވައެއްގެ މައްޗަށް މި މިކްސް އަޅާލާށެވެ.

އަދި މަޑު ގިނީގައި އުދުން ބަހައްޓައިގެން ތަވާގެ މައްޗަށް ކުރިން ތައްޔާރުކުރި ކުކުޅު މަސްގަނޑުގެ އެއްބައި ބުރުވާލާށެވެ. އަދި ބިހުގެ ގޮބޮޅުން ތައްޔާރުކުރި މިކްސް ކެކެން ފެށުމުން ބިހުގެ ހުދުބައިން ތައްޔާރުކުރި މިކްސް ތަވާގެ މައްޗަށް އަޅާލާށެވެ.

އެއްށަފަހު އޭގެ މައްޗަށް ކުކުޅު މަސްގަނޑުގެ ބާކީ ހުރި އެތިކޮޅު ފަތުރާލާށެވެ. ބޭނުންނަމަ އޭގެ މަތީގައި ކެޕްސިކަމް، ކެރެޓް ނުވަތަ ޓޮމާޓޯ ފޮތިތައް އަތުރާލެވިދާނެއެވެ. އަދި ތަވާގެ މަތި ޖެހުމަށްފަހު މަޑު ގިނީގައި 20 ވަރަކަށް މިނެޓް ވަންދެން ކައްކާލާށެވެ.

ތައްޔާރުވެފައި ހުރިތޯ ބެލުމަށް މެދަށް އުލެއް ކޮށްޕާލާށެވެ. އުލުގައި ނުހޭކާނަމަ އެހެރީ ތައްޔާރުވެފައެވެ.

Leave a Reply

Your email address will not be published.

haftha.mv ©