Sun, 7 June, 2020, 1:35 pm
ހަފްތާ ބަދިގެ – ހުނި ގުޅަ
92

ބޭނުންވާ ތަކެތި:

1 ޖޯޑު ހުނި

½ ޖޯޑު ހަކުރު

1 މޭޒުމަތީ ސަމުސާ ފުށް

3 އިންޗި ރާނބާ ފަތް

2-3 ތިކި ކާ ކުލަ( ބޭނުން ކުލައެއް)

ތައްޔާރުކުރާނެ ގޮތް:

ތެއްޔަކަށް ހަކުރު، ހުނި، ރާނބާފަތް އަދި ފިނިފެން އެޅުމަށްފަހު މަޑު ގިނީގައި ކައްކާލާށެވެ. ކައްކަމުން ދާއިރު ހުއްޓާނުލާ ގިރަމުން ދިއުމަށް ސަމާލުކަން ދޭންވާނެއެވެ.

ހުނިކޮޅު މަޑުވެ ހަކުރުކޮޅު ވިރެންދެން ކައްކާށެވެ. ރަނގަޅަށް ކެކުމުން ތަކެތި ހުންނާނީ ތެލީގެ އަރިމަތި ތަކުން ހިފުން ދުރުވެ ތެލީގެ މެދަށް އެއްވެފައެވެ.

ރަނގަޅަށް ކެކުމުން ރާނބާފަތްކޮޅު ވަކިން ނަގާލުމަށްފަހު ފުށާއި ކާކުލަ އަޅައިގެން ރަނގަޅަށް އެއްކޮށްލާށެވެ. ފުށް މާ ގިނައިން އަޅައިފިނަމަ ގުޅަތައް ހަރުވާނެކަން ހަނދާން ބަހައްޓަންވާނެއެވެ.

ފުށާއި ކާކުލަ އެހެން ތަކެއްޗާއި އެއްވުމުން އުނދުން ނިއްވާލުމަށްފަހު ތެލީގައި ހުރި އެއްޗެހި ކޮންޓެއިނަރަކަށް އަޅާށެވެ. އެއްށްފަހު ހޫނުކޮށް ހުއްޓައި އަތް ބޭނުން ކޮށްގެން ބޭނުން ސައިޒަކަށް ގުޅަތަށް ވަށާލާށެވެ. ހިހޫ ވަންދެން ބަހައްޓައިފިނަމަ ކެއްކި ފުއްގަނޑު ހަރުވެ ގުޅަ ވަށަން އުނދަގޫ ވެދާނެއެވެ.

Leave a comment

Your email address will not be published.