Sun, 7 June, 2020, 2:04 pm
ހަފްތާ ބަދިގެ – ޗޮކްލޭޓް ކްރީމް ޕުޑިންގް
60

ބޭނުންވާ ތަކެތި:

1 ޖޯޑު ހަކުރު

2 މޭޒުމަތީ ސަމުސާ ކޯން ސްޓާރޗް

¼ ސައިސަމުސާ ލޮނު

2 ޖޯޑު ކިރު

55ގ ޑާރކް ޗޮކްލޭޓް (ކުދިކޮށް ބިންދާފައި)

2 ބިހުގެ ގޮބޮޅި

2 މޭޒުމަތީ ސަމުސާ ބަޓަރު

2  ސައިސަމުސާ ވެނީލާ އެސެންސް

ތައްޔާރުކުރާނެ ގޮތް:

ތަވައަކަށް ހަކުރު، ކޯންސްޓާރޗް އަދި ލޮނު އެޅުމަށްފަހު ރަނގަޅަށް އެއްވަންދެން މަޑު ގިނީގައި ކައްކާލާށެވެ. މީގެ ތެރެއަށް ކިރު އަދި ޑާރކް ޗޮކްލޭޓް އެޅުމަށްފަހު ގިރަމުން، ކައްކަމުން ގެންދާށެވެެ. ޗޮކްލޭޓްތައް ދިޔާވެ މިކްސް އޮލަވަންދެން ކައްކަން ވާނެއެވެ.

އެއަށްފަހު އުނދުން މަތިން ބޭލުމަށްފަހު ވަކިކޮށްފައިހުރި ބިހުގެ ގޮބޮޅިތަކުގެ ތެރެއަށް މިމިކުސްގެ މޭޒުމަތީ ސަމުސަލެއްގެ މިންވަރު އެޅުމަށްފަހު ބިހުގެ ގޮބޮޅިތަކާއެކު އެއްވަންދެން ގިރާލާށެވެ.

ބިހުގެ ގޮބޮޅި އަޅާ ގިރާލުމަށްފަހު އެންމެ ފުރަތަމަ ކެއްކި މިކްސްގެ ތެރެއަށް އަޅައި އެއްކޮށްލާށެވެ. ގޮބޮޅިތައް އެއްވުމުން އަނެއްކާވެސް އުނދުން މަތީގައި 2 މިނެޓްވަންދެން ކައްކާލާށެވެ.

އެއަށްފަހު އުދުން މަތިން ބޭލުމަށްފަހު ވެނީލާ އެސެންސް އާއި ބަޓަރު އަޅައި އެއްކޮށްލާށެވެ. އަދި ޓްރޭއަކަށް އަޅާލައި ރަނގަޅަށް މަތި އޮމާން ކޮށްލުމަށްފަހު 30 ވަރަކަށް މިނެޓް ވަންދެން ފްރިޖުގައި ބަހައްޓަންވާނެއެވެ. ފިނިކޮށް ނެގުމަށްފަހު މައްޗަށް ވިޕިން ކްރީމް އަޅައިގެން ކާލަން ވަރަށް މީރު ވާނެއެވެ.

Leave a comment

Your email address will not be published.