Sun, 7 June, 2020, 3:27 pm
ހަފްތާ ބަދިގެ – ޗީޒީ ޗިިކަަންް ނަގެޓްސް
64

ބޭނުންވާ ތަކެތި:

300ގ ޗިކަން ބްރެސްޓް (ކުދިކޮށް ކޮށާފައި)

1 މޭޒުމަތީ ސަމުސާ ބަޓަރު (ދިޔާކޮށްފައި)

1 މޭޒުމަތީ ސަމުސާ ލުނބޯ ހުތް

1 މޭޒުމަތީ ސަމުސާ ޗިލީ ފްލޭކްސް

½ މޭޒުމަތީ ސަމުސާ އަސޭމިރުސް

½ މެޒުމަތީ ސަމުސާ ލޮނުމެދު- އިނގުރު ޕޭސްޓް

½ މޭޒުމަތީ ސަމުސާ ލޮނުމެދު (ޗަސްކޮށްފައި)

1 މޭޒުމަތީ ސަމުސާ ކޮރިއެންޑަރ (ކުދިކޮށް ކޮށާފައި)

1 މޭޒުމަތީ ސަމުސާ މިކްސްޑް ހާރބްސް

½ މޭޒުމަތީ ސަމުސާ އޮރެގާނޯ

ރަހަލާވަރަށް ލޮނު

މޮޒަރެއްލާ ޗީޒް (ކުދިކޮށް ކޮށާފައި)

2 ބިސް

2 މޭޒުމަތީ ސަމުސާ ފުށް

ޕާން ކުނޑި

ތައްޔާރުކުރާނެގޮތް:

މިކްސަރެއް ނުވަތަ ފުޑް ޕްރޮސެސަރެއް ބޭނުންކޮށްގެން ޗިކަން ކޮޅު ހިމުންވަންދެން ފުނޑާލާށެވެ.

ކޮންޓެއިނަރެއްގައި ކުރިން ފުނޑި ކުކުޅުކޮޅު، ލޮނު، ލުނބޯލުތް، ބަޓަރު، މިކްސްޑް ހާރބްސް، އޮރެގާނޯ، އަސޭމިރުސް، ލޮނުމެދު، ޗިލީ ފްލޭކްސް، ކޮރިއެނަޑަރ، ލޮނުމެދު-އިނގުރު ޕޭސްޓް، ރަނގަޅަށް އެއްކޮށްލުމަށްފަހު މެރިނޭޓް ކުރުމަށް 30 މިނެޓްވަންދެން ފްރިޖްގައި ބަހައްޓާލާށެވެ.

އެއަށްފަހު އަތްތިލައިގައި ކުޑަ ތެޔޮކޮޅެއް ލުމަށްފަހު މިމިކުސްގެ ކުޑަ އެތިކޮޅެއް ނަގައި އަތުން ފަތާކޮށްލާށެވެ. އަދި މީގެ ތެރެއަށް ޗީޒްކޮޅެއް ލުމަށްފަހު، ޗީޒްކޮޅު ފޮރުވޭނޭހެން މަސްގަނޑު ބައްދަލާށެވެ.

3 ބޯތަށީގައި ވަކި ވަކިން ފުށް، ބިސް އަދި ބްރެޑް ކްރަންބްސް ބަހައްޓާށެވެ. އަދި ޗީޒްލާފައި ހެދި މަސްގަނޑު ފުރަތަމަ ފުށަށް ލާށެވެ. އަދި އެއްފަހު ގިރާފައި ހުރި ބިސް އެއްޗަށް ލުމަށްފަހު ރަނގަޅަށް ބްރެޑް ކްރަންބްސް ލާށެވެ.

މިގޮތަށް ހެދުމަށްފަހު މި މަސްގަނޑުތައް ރަނގަޅަށް ސެޓްވުމަށް 30 މިނެޓްވަންދެން ފްރިޖްގައި ބަހައްޓާލަންވާނެއެވެ. އަދި ފްރިޖުން ނެގުމަށްފަހު ރަން މުށިކުލަ އަރަންދެން ތެއްލާލާށެވެ.

Leave a comment

Your email address will not be published.