Sun, 31 May, 2020, 11:50 am
ހަފްތާ ބަދިގެ – ޗިކަން ސްލައިޑާރސް
70

ބޭނުންވާ ތަކެތި:

500ގ ބޯންލެސް ޗިކަން (ތުނިކޮށް ފޮތިކޮށްފައި، 2-3 އިންޗިއަށް ކޮށާފައި)

2 ބިސް

½ 1 ޖޯޑު ޕާންކުނޑި

24 ކުދި ބާރގާ ބަނަސް (2 ފަޅިއަށް ކަފާފައި)

3 ޖޯޑު މޮޒަރެއްލާ ޗީޒް (ގާނާފައި)

3 ޖޯޑު ޓޮމާޓޯ ސޯސް/ ޗިލީ  ސޯސް

½ ޖޯޑު މޮޒަރެއްލާ ޗީޒް (ގާނާފައި)

½ ސައިސަމުސާ ލޮނުމެދު (ޗަސްކޮށްފައި)

½ ޖޯޑު ޕާރމެސާން ޗީޒް (ގާނާފައި)

½ ސައިސަމުސާ ލޮނު

¾ ޖޯޑު ބަޓަރު (ދިޔާކޮށްފައި)

ތައްޔާރުކުރާނެ ގޮތް:

ކުކުޅު ކޮޅުތައް ތައްޔާއުކުރުމަށް 2 ބޯތަށީގައި ބިސް އަދި ބްރެޑް ކްރަންބްސް ބަހައްޓާލާށެވެ. ފުރަތަމަ ކުކުޅުކޮޅު ބިސް އެއްޗަށް ލާށެވެ. އެއަށްފަހު ބްރެޑް ކްރަންބްސް އަށް ލުމަށްފަހު އެއްފަރާތެއްގައި ބަހައްޓާލާށެވެ. އަދި ތަވައަކަށް ކުޑަ ތެޔޮކޮޅެއް އެޅުމަށްފަހު ކުކުޅު ކޮޅުތަކަށް ރަންމުށިކުލަ އަރަންދެން ތަވާގައި ތެއްލާލާށެވެ.

އަވަން 180 ޑިގްރީ ސެލްސިއަސްގައި ހޫނުކުރަން ޖައްސާލާށެވެ.

ޓްރޭއެއްގައި ރަނގަޅަށް ބަޓަރު ހާކާލުމަށްފަހު ދެ ފަޅިއަށް ކެފި ބާގަރ ބަނަސްތަކުގެ ފޫތައް މިޓްރޭގައި އަތުރާލާށެވެ. އަދި އޭގެ މައްޗަށް މޮޒަރެއްލާ ޗީޒްކޮޅެއް ފަތުރާލުމަށްފަހު 3-4 މިނެޓްވަންދެން ނުވަތަ ޗީޒްކޮޅު މެލްޓްވަންދެން އަވަންގައި ފިހެލާށެވެ.

އެއަށްފަހު މި ޗީޒްތަަކުގެ މަތީގައި ޗިލީ ސޯސްކޮޅެއް ފަތުރާލުމަށްފަހު ކުރިން ތައްޔާރުކުރި ޗިކަން ކޮޅު، ކޮންމެ ބަނަހެއްގެ މައްޗަށް ލާށެވެ. އަދި ޗިކަންކޮޅުގެ މަތީގައި އަނެއްކާ ވެސް ސޯސްކޮޅެއް ހާކާލުމަށްފަހު، ސޯސްކޮޅުގެ މައްޗަށް އަނެއްކާވެސް ޗީޒްކޮޅެއް ބުރުވާލަށެވެ. ދެން މި ބާރގާ ބަނަސްތަކުގެ މަތި ކިބަ ޖެހުމަށްފަހު އެއްފަރާތެއްގައި ބަހައްޓާލާށެވެ.

އިތުރު ކޮންޓެއިނަރެއްގައި ޕާމެސާން ޗީޒް، ލޮނުމެދު އަދި ލޮނު ރަނގަޅަށް އެއްކޮށްލުމަށްފަހު މި މިކްސް ކުރިން ތައްޔާރުކުރި ބާގަރ ބަނަސްތަކުގެ މައްޗަށް އަޅާލާށެވެ. އަދި ޓްރޭގެ މަތީގައި ފޮއިލް އެޅުމަށްފަހު އަވަންގައި 15 މިނެޓްވަންދެން ފިހެލާށެވެ.

ފޮއިލްގަނޑު ނެގުމަށްފަހު އިތުރު 5 މިނެޓް އަވަންގައި މި ބަނަސްތައް ފިހެލަންވާނެެވެ.

Leave a comment

Your email address will not be published.